ހޮޅުދޫއިން ރައީސް ޔާމީންއަށް މަރުހަބާ ދަންނަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
01 Nov 2022 | 16:39
ރައީސް ޔާމީން އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަނީ!

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ނިންމާފައިވާކަން އިދިކޮޅުން އިއުލާނުކޮށްފިއެވެ. 

ރައީސް ޔާމީންގެ ކުރައްވަން ނިންމާފައިވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނ އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޔާމީން އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރައްވަން ނިންމަވާފައިވާކަމަށެވެ. 

އެގޮތުން މި މަހުގެ 6 އިން 9 އަކަށް އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ނިންމާފައިވާކަމަށް ހީނާ ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެކަމަށް ހީނާ ވިދާޅުވިއެވެ. 

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގައި އޮތް ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. 

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ މި ފަތުރުފުޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ 4ވަނަ ދަތުރުފުޅެވެ. 

އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ 

އެމަނިކުފާނު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ ހާލު ބެއްލެވުމާއި، ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކަންކަން ބައްލަވާލެއްވުމެވެ. އޭގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ތައްޔާރުކުރާ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަކީވެސް އެމަނިކުފާނުގެ ދަތުރުފުޅުގަކުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ. 

ނޮވެމްބަރު މަހު ރައީސް ޔާމީންގެ އިތުރު ދަތުރުފުޅުތަކެއްވެސް ރޭވިފައިވާކަމަށް އިދިކޮޅުން ވަނީ އިއުލާނުކޮށްފައެވެ. 

އެގޮތުން ފުވައްމުލަކާއި ގދ އަތޮޅަށްވެސް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް އެ އަތޮޅުތަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ ސީދާ ތާރީހެއް އިދިކޮޅުން އަދި ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.