މެމްބަރު މުހައްމަދު ވަހީދު އަދި މެމްބަރު ރޮޒޭނާ އާދަމް
ހަބަރު
01 Nov 2022 | 21:30
ވައްޑެ ރޮޒޭނާއަށް: ފެކްޝަނެއް ނެތް، އޮތީ 2013 ގައި ލައިގަތް މުސީބާތެއް!

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ސަރުކާރާއި ވާދަވެރި ޕީޕީއެމްގެ ފެކްޝަނެއް އުފެދިފައިވާކަމަށާއި، އެ ފެކްޝަނުން ޕީޕީއެމާއި ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވުމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްދު ދެއްވައިފިއެވެ. 

އެމްޑީޕީގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައިވާކަމަށާއި، ސަރުކާރުގެ ވާދަވެރިންނާއި ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވަމުންދާކަމަށް ރޮޒޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ޕީޕީއެމްގެ މެމްބަރުން މެދުވެރިކޮށް ސަރުކާރާއި ދެކޮޅަށް އިސްލާހުތައް ހުށައަޅަމުންދާކަމަށާއި، އެކަން އިއްޔެގެ މަޖިލިސް ބަލާލި ކޮންމެ މީހަކަށްވެސް ހާމަވާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ. 

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް 

"އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތްކަމާ އެފެކްޝަނުން މަޖިލިސްތެރޭ ޕީޕީއެމް އާ އެކު މަސައްކަތް ކުރާކަން މީ މިހާރު ފޮރުވެން އޮތް ކަމެއްނޫން. ޕީޕީއެމް މެމްބަރުންލައްވާ ސަރުކާރާ ދެކޮޅަށް އިސްލާހުތަށް ހުށައަޅުއްވަނީ ކޮންބޭފުޅެއްކަން އިއްޔެގެ މަޖިލިސް ބަލާލިމީހަކަށްވެސް ސާފުވާނެ"

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް 

ރޮޒޭނާގެ މި ތުހުމަތުތަކަށް ވައްޑެ ވަނީ ޓްވީޓާގައި ރައްދުދެއްވާފައެވެ. އަދި ހޫނު ބަހުގެ ހަމަލާތަކެއްވެސް ރޮޒޭނާއަށް ރައްދުކުރައްވާފައެވެ. 

އެގޮތުން ވައްޑެ ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ފެކްޝަނެއް އުފެދިފައި ނުވާކަމަށެވެ. އެ ޕާޓީއަށް ޖެހިފައި އޮތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބަހު ބުރުގައި ލައިގަތް މުސީބާތެއްކަމަށް ވައްޑެ ވިދާޅުވިއެވެ. ވައްޑެ ވަނީ އޭނާގެ ޓްވީޓުގައި ރޮޒޭނާ އެމްޑީޕީއަށް ސޮއި ކުރެއްވި އިރު ނަންގަވާފައިވާ ފޮޓޯއެއްވެސް ޓްވީޓާގައި ހިއްސާކުރައްވާފައެވެ. 

އެއާއެކު އޭނާ ވިދާޅުވީ އޭރުވެސް އެމްޑީޕީގެ ބައެއް މެމްބަރުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވާަކަމަށެވެ. އަދި ރޮޒޭނާ ޕާޓީއާ ގުޅުމުން ޕާޓީގެ ދުވަސް ދިޔައީކަމަށް ބައެއް ފަރާތްތައް ބުނެފައިވާކަމަށް ވައްޑެ ވިދާޅުވިއެވެ. 

ރޮޒޭނާ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ސޮއިކުރައްވަނީ 

"ފެކްޝަނެއް ނޫން ކުޑަވަރެއްގެ މުސީބާތެއް އޮތީ. އެ މުސީބާތް އެމްޑީޕީތެރެއަށް ލައިގަތީ 2013 ރިޔާސީ އިންތިޚާބު ފަހުބުރު. އޭރުވެސް މިޕާޓީ ބައެއް މެމްބަރުން ކިޔާތީ އެހިން މިޕާޓީގެ ދުވަސް ދުއްވާލާނޭ"

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

އެމްޑީޕީގެ ތެރޭގއި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމާލައް ބަދަލުކުރަން ފަށާފއިވަނީ މި ފަހުން ސަރުކާރުން ހުށައެޅި ބައެއް ބިލްތަކާއި ގުޅިގެން އުފެދުނު ޚިޔާލު ތަފާތުންތަކެއްގެ ތެރެއިންނެވެ. 

އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމށް މަޖިލީހަށް ހުށައެޅި ބިލާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުކުރައްވާފައެވެ. އަދި އެ ބިލާއި އެއްގޮތަށް ވޯޓު ދިނުމަށް އެމްޑީޕީއިން ވިޕްލައިން ނެރެފައި ވީނަމަވެސް، ކޮމެޓީ މަރުހަލާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިޕްލައިނާއި އެއްގޮތަށް ވޯޓު ދީފައެއް ނުވެއެވެ. 

އެކަމާއި ގުޅިގެން އެ މެމްބަރުންނަކީ ވާދަވެރި ސިޔާސީ ޕާޓީއާއި ގުޅުން އޮންނަ ފަރާތްތަކުގެ ގޮތުގައި ސަރުކާރު ފާޅީގައި ތިއްބެވި ބައެއް މެމްބަރުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.