އިމްތިޔާޒް ފަހުމީ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
02 Nov 2022 | 05:53
ސަރުކާރުގެ ސްޓޭންޑް ކުއްލި ކުއްލިއަށް ބަދަލު ކުރީމާ ވާން އުޅޭ ގޮތެއް ނޭނގޭ: އިންތި

ކަންކަމުގައި ސަރުކާރުގެ ސްޓޭންޑް ކުއްލި ކުއްލިއަށް ބަދަލުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުރުހުން ފާޅުކުރައްވައިފިއެވެ. 

ހެއްކާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ވާހަކަދއްކަވަން ފައްޓަވަމުން އިންތި ވިދާޅުވީ މިފަހަކަށް އައިސް މުޅިން އަޑުއިވެނީ ސަރުކާރުން ކުއްލި ކުއްލިއަށް ސްޓޭންޑް ބަދަލުކުރާ ވާހަކަކަމަށެވެ. 

ޗާގޯސް މައްސަލައިގައިވެސް ސަރުކާރުން ކުއްލި ގޮތަކަށް ސްޓޭންޑް ބަދަލުކޮށްފައިވާއިރު މަސްދަރު ހާމަކުރުމާއި ގުޅިގެންވެސް ސަރުކާރުން މީގެ ކުރިން ގެންގުޅުނު ވިސްނުން މިހާރު ބަދަލުކޮށްފައިވާކަން މަޖިލީހަށް ހުށައެޅި ހެއްކާއި ބެހޭ ބިލުން ހާމަވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ. 

އިންތި ވިދާޅުވީ ހެއްކާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަކީ އެފަދަ ގާނޫނެއް އެކުލަވާލުމުގެ މަގްސަދާއިވެސް މުޅިން ޚިލާފުވާ އިސްލާހެއްކަމަށެވެ. 

ސަރުކާރުން ހެއްކާއިބެހޭ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށައަޅައި ތަސްދީގުކުރުމަށްފަހު އަނެއްކާ އެބިލުގައިވާ މަސްދަރު ހާމަކުރުމާއި ގުޅޭ ބައި 21 ޖުލައިގައި ރައީސް އޮފީހުން ނޫސްބަޔާނެއް ނެރެފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ބިލު އޮތް ގޮތް ދިފާއު ކުރައްވައި ބިލުގެ ދިރާސާ ކުރުމުގެ މަރުހަލާގައި ވަރަށް ފުޅާ މިނެއްގައި ކޮމިޓީއިން ވަރަށްގިނަ ފަރާތްތަކާ ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އެކުލަވާލާފައިވާ ބިލެއް ކަމަށް ނޫސްބަޔާނުގައި ބުނެފައިވާ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެފަހުން ކުއްލި ގޮތަކަށް ސަރުކާރުން ސްޓޭންޑް ބަދަލުކުރީ ކޮން ސަބަބަކާއި ހުރެކަން ބުނަން ނޭނގޭކަމަށެވެ. އަދި ސަރުކާރުން އެހާ ފަސޭހައިން ކަންކަމުގައި ސްޓޭންޑް ބަދަލުކުރަމުން ދިއުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި ސަރުކާރުން އެގޮތަށް ސްޓޭންޑް ބަދަލުކުރަމުންދާތީ ސަރުކާރުން ބޭނުންވާ ގޮތަކީ ކޮބައިކަންވެސް އޮޅޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވާން އުޅެނީ ކިހެނެއްކަން ނޭނގޭކަން ފާހަގަކުރައްވާ އިންތި ވަނީ ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.