ރައީސް ޔާމީން ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
02 Nov 2022 | 06:50
"ޗާގޯސް މައްސަލައިގައި ގަވައިދާއި ޚިލާފަށް ނިންމި އެއްވެސް ނިންމުމަކަށް އިޚްތިރާމެއް ނުކުރާނަން"

ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތް ގޮތަށް ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުން މޮރިޝަސް ކޮޅަށް ޖެހި ނިންމާފައިވާ އެއްވެސް ނިންމުމަކަށް ޕީޕީއެމްގެ ސަރުކާރެއްގައި އިޚްތިރާމު ނުކުރައްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން އިއުލާނުކުރައްވާފައިވަނީ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

ޗާގޯސް މައްސަލައާއި ގުޅިގެން ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ރައީސް ޔާމީން ވަނީ ނުރުހުން އަމާޒުކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ދުނިޔޭގެ އެއްވެސް ކޯޓަކުން މިހާތަނަށް ކަނޑައަޅާފައި ނުވާކަމަށެވެ. އެހެން އެކަން އޮއްވާ ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅެއް ކުއްލި އަކަށް ފޮނުވަން ޖެހުނު ސަބަބަކީ ކޮބައިތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ރައީސްގެ އެ ސިޓީފުޅާއެކު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށްވެސް އަރައިގެންފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ކޮން ސިޓީއެއްހޭ ދީގެން މި އުޅެނީ؟ އަޅުގަނޑުމެންގެ ހައްގު ގެއްލޭގޮތަށް ކޮން ސިޓީއެއްހޭ ދީގެން މި އުޅެނީ؟ ހައްގު ގެއްލޭގޮތަށް ސިޓީއެއް ދީފިކަމަށް ވަންޏާ މި މައްސަލަ ނިމޭދުވަހަކުން ނިމިގެން އަންނައިރު އެ ސިޓީގައި އޮތް ގޮތަކަށް އަޅުގަނޑުމެންނަށް ގެއްލުންވެފައި، އަނެއް ބަޔަކަށް ފައިދާ ވާ ގޮތަކަށް މި ދެނީ. މިއީ ދިވެހިރާއްޖެ މިހާތަނަށް ގަބޫލު ކުރި އުސޫލެއް ނޫން. އަޅުގަނޑުމެން އޮތީ އަޅުގަނޑުމެންގެ ސަރަހައްދު ކަނޑައަޅާފަ"

ޕީޕީއެމްގެ ރައީސް ޔާމީން 

އެއާއެކު ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީފުޅާއެކު ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަނަމަވެސް، އެމަނިކުފާނުގެ ވެރިކަމެއްގައި އެ ސިޓީއަށް އަދި އެ މައްސަލައިގައި ގަވައިދާއި ޚިލާފަށް ނިންމާފައިވާ އެއްވެސް ނިންމުމަކަށް އިޚްތިރާމު ނުކުރައްވާނެކަމަށެވެ. 

"2023 އަކީ ދިވެހި ރައްޔިތުންގެ އަހަރެއްކަމަށް ވަންޏާ އަޅުގަނޑުމެންނަށް މި ސަރުކާރު ލިބިއްޖެކަމަށް ވަންޏާ ގާނޫނާއި ޚިލާފަށް، ގާނޫނު އަސާސީ އާއި ޚިލާފަށް މިހާރު ސަރުކާރުން މި މައްސަލައިގައި ކޮށްގެން އުޅޭ ކަންތަކަށް އަޅުގަނޑު އިޚްތިރާމެއް ނުކުރާނަން. އެކަން އަނބުރާ ޖަހާނަން. އަޅުގަނޑު ކުރިންވެސް ދަންނަވަމުން ދިޔައިން މި ސަރުކާރުން ގާނޫނާއި ޚިލާފަށް ކުރާ ކަންތައްތަކަށް އިޚްތިރާމެއް ނުކުރާނަން އަޅުގަނޑުމެން"

ޕީޕީއެމްގެ ރައީސް ޔާމީން 

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލި ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގައި އެ ސަރަހައްދު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. 

ރައީސް ޔާމީން ވަނީ ޗާގޯސް މައްސަލައިގައި ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާއެވެ. އެއާއެކު އެމަނިކުފާނު ވިދާޅުވީ އެ ސަރަހައްދު ހޯދުމަށް ބަދަލުދޭން ޖެހިއްޖެކަމަށް ވާނަމަ އެކަންވެސް ކުރައްވާނެކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އެ ނިންމި ގޮތަށް ރުހިވަޑައިގެން އެމަނިކުފާނު ނުހުންނަވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.