ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
02 Nov 2022 | 13:56
ނަސްރު ދުވަހާއި ގުޅިގެން އިދިކޮޅުން ބާއްވާ އިހްތިޖާޖު މާދަމާ!

ދިވެހިރާއްޖޭގައި މާދަމާ ފާހަގަކުރާ ނަސްރު ދުވަހާއި ގުޅިގެން އިހުތިޖާޖަށް ނުކުންނަން ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. 

އިދިކޮޅު ހަރަކާތު ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއިލް ވިދާޅުވީ، މާދަމާ ހަވީރު 4:00 ގައި މަސްމާރުކޭޓު ސަރަހައްދުގައި އިދިކޮޅުން އިހްތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

އަދި އިދިކޮޅުން މި ބާއްވާ ހަރަކާތަކީ މި ސަރުކަާރުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާތީ، އެދުވަހު ދިވެހިންގެ ހައްގުގައި ދުނިޔެ ދޫކުރި 19 ޝަހީދުންގެ ޒިކުރާ އައު ކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖެއް ކަމަށްވެސް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

"ދިވެހިރާއްޖެ އިން 3 ނޮވެމްބަރު 1988 އިން ފެށިގެން މިއަދާއި ހަމައަށް އެދުވަސް ފާހަގަކުރަމުން އައިސް މި ސަރުކާރު އައި ފަހުން އެކަންކަން ނުކޮށް އެއީ ނުވާ ކަމެއް ކަމަށް ހަދާ، އެކަންކަން ވަޅުޖައްސާލަން އުޅޭ އުޅުމާ ދެކޮޅަށް އަޅުގަނޑުމެން ސުލްހަވެރިކަމާއެކު އިހްތިޖާޖެއް ކުރުމަށްޓަކައި މަސް މާރުކޭޓް ސަރަހަށްދަށް އަޅުގަނޑުމެން ނޮވެމްބަރު 3 ގައި 4:00 ގައި އެއްވާ ވާހަކަ އިއުލާން ކޮށްލުމަށްޓަކައި މި ފެށީ." 

މުހައްމަދު އިސްމާއިލް 

މުހައްމަދު އިސްމާއިލް ވިދާޅުވީ، އިދިކޮޅުން ކުރަމުން މިދާ މަސައްކަތް ތަކަކީ ދިވެހިރާއްޖޭގެ ގެއްލެމުންދާ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރާ އިޚްލާޞްތެރި މަސައްކަތްތަކެއް ކަމަށެވެ. 

ނޮވެމްބަރު 3 ގައި 19 ދިވެހިންގެ ލޭ މާލޭގެ ބިންމައްޗަށް އަޅާލިއިރު މުޅި ދިވެހިރާއްޖެ އޮތީ ރޯން ކަން ފާހަގަކޮށް މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ، 18 ގަޑި އިރު ވަންދެން މުޅި ދިވެހިރާއްޖޭގެ ރާއްޖޭގެ ރައްޔިތުން ތިބީ އަނދިކަމުގެ ތެރޭގައި ކަމަށެވެ. އެހާ އިރުވަންދެން ރާއްޖޭގެ ވެރިކަމުގެ ނިޒާމް އޮތީ ކާކު އަތުގައި ކިހިނެއް ކަމެއްވެސް ދިވެހިންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

ނޮވެމްބަރު 3 ވަނަ ދުވަހުގެ ޒިކުރާ އައު ކުރަންޖެހެނީ އެދުވަހުގެ ކަންކަން ފެށިގެން ދިޔައީ މިއަދުގެ މި ސަރުކާރުގައި އިސް މަގާމުގައި ތިއްބެވި ބޭބޭފުޅުންގެ ޢާއިލާތަކުން ކަން އެންމެނަށްވެސް އެންގުމަށްޓަކައި ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އަދި މިއަދު އެކަންކަން ހަނދާންނުކޮށް ދޫކޮށްލައިފިނަމަ ދިވެހިންގެ އަސާސްތައް ގެއްލިގެންދާނެ ކަމަށާ ވުމާއެކު އެދުވަހު ދިވެހިންނަށް ޓަކައި ޝަހީދުވު އަބުތާލުންގެ ޒިކުރާ އައު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ އިދިކޮޅުން މިކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާ، އެހެން ކަމުން އެ ކޯލިޝަނުން އެދެނީ މާދަމާ އޮންނަ ހަރަކާތުގައި މާލެ، ހުޅުމާލެ، ވިލިމާލެ އަދި މާލެ ކައިރީ ރަށްރަށުގައި ދިރިއުޅެމުންދާ މީހުންވެސް ބައިވެރިވުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.