ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Nov 2022 | 14:23
ޗާގޯސް މައްސަލައިގައި ރައީސް ޔާމީން ބަދަލުކުރަން ޖެހޭ ކަމެއް ނޯންނާނެ: މިއުވާން

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވެރިކަން ލިބިވަޑައިގަތަސް ޗާގޯސް މައްސަލައިގައި އިތުރަށް ބަދަލުކުރަން ޖެހޭ ކަމެއް ނޯންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ޗާގޯސް މައްސަލައިގައި ސަރުކާރުން ގަވައިދާއި ޚިލާފަށް ނިންމާފައިވާ ނިންމުންތަކަށް އިޚްތިރާމް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަ ރާއްޖެއަށް ގެއްލުންވާ ގޮތަށް ނިމިއްޖެކަމަށް ވާނަމަ ބަދަލުދެއްވާފައި ނަމަވެސް ރާއްޖޭގެ ސަރަހައްދު ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

ރައީސް ޔާމީންގެ އެ ވާހަކަފުޅުތަކާއި ގުޅިގެން ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ތަރުޖަމާނާއި ސުވާލުކޮށްފައެވެ. އެގޮތުން މި ސަރުކާރުގެ ސްޓޭންޑް ދެން އަންނަ ސަރުކާރަކުން ބދަލުކުރުމާއި މެދު ދެކޭ ގޮތަކީ ކޮބައިތޯ އާއި، އެ ގޮތަށް ސްޓޭންޑް ބަދަލުކޮށްގެން ރާއްޖެއަށް ވާނެ ގޮތަކީ ކޮބައިތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުން ދެން އިތުރަށް ނިންމަން ޖެހޭކަމެއް ނޯންނާނެކަމަށެވެ. އަދި ރައީސް ޔާމީން އިތުރަށް ބަދަލުކުރައްވަން ޖެހޭކަމެއްވެސް ނޯންނާނެކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ. މިހާރު ނިމިފައި އެ އޮތީ ބައިނަލްއަގުވާމީ ކޯޓަކުން ނިންމާފައި އޮތް ނިންމުމެއްކަމަށާއި، މިހާރުވެސް ޗާގޯސްއާއި ގުޅުންހުރި މައްސަލައެއް ބައިނަލް އަގުވާމީ ކޯޓެއްގައި ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެންކަމުން ބައިނަލް އަގުވާމީ ކޯޓަކުން ނިންމާ ނިންމުންތަކަށް އިޚްތިރާމް ނުކުރައްވާނަމަ އޭގައި ދެން ވިދާޅުވާނެ އެއްޗެއް ނެތްކަމަށާއި، އެހެން ނަމަވެސް ދިވެހި ސަރުކާރުން ދެން އިތުރަށް މި މައްސަލައިގައި ނިންމަން ޖެހޭ ކަމެއް ނެތްކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ. 

"ރާއްޖޭގެ ސްޓޭންޑެއް ބަދަލުކޮށްގެން އިތުރަށް ބަދަލުވާނެ ކަމެއް ނޯންނާނެ. ދެން އައިސީޖޭގެ މައްސަލައިގައި އައިސީޖޭއިން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް އދ ގެ އާންމު މަޖިލީހަށް ހުށައެޅިއްޖެކަމަށް ވާނަމަ ރާއްޖެއިން ވޯޓުދޭނެ ގޮތަކާއި ގުޅޭގޮތުން އެއިރަކު އޮންނަ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތާއި އެއްގޮތަށް ވޯޓުދެއްވާނެ. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ޑީކޮލޮނައިޒޭޝަން އަދި އަޅުގަނޑުމެން ތާއީދުކުރަމޭ ޑީކޮލޮނައިޒް ވުމޭ އަޅުގަނޑުމެންގެ ސްޓޭންޑަކީ، އެހެން ވީމަ އެއާއި އެއްގޮތަށް އަޅުގަނޑުމެން ވޯޓުދެމުން ދޭނީ. ދެން އަޅުވެތިކަމާ މި ކަންކަމާ އެބޭފުޅުން ތާއީދުކުރައްވަންޏާ އެ ބޭފުޅުން އެބޭފުޅުން ސްޓޭންޑް ބަދަލުކުރާނެ"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން 

ޗާގޯސް މައްސަލައިގައި ރައީސުލް ޖުމްހުރިއްޔާ ފޮނުވި ސިޓީ ފުޅާއި ގުޅިގެންވެސް ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، އެކަމާއި ގުޅިގެން މިއުވާން ވިދާޅުވީ ރާއްޖެއަށް ގެއްލުމެއް ލިބޭ އެއްވެސް ވާހަކަފުޅެއް އެ ސިޓީފުޅުގައި ނޯންނާނެކަމަށްވެ. 

އަދި ދެ ގައުމެއްގެ ދެމެދުގައި ބަދަލުކުރެވޭ އެފަދަ ސިޓީފުޅުތަކަކީ އާންމު ކުރާ ލިޔެކިޔުންތަކެއް ނޫންކަމަށް މިއުވާން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.