އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން-- ފޮޓޯ: ވޮއިސް
ހަބަރު
03 Nov 2022 | 16:34
ނަސްރުގެ ދުވަހާއި ގުޅިގެން އިދިކޮޅުން ކުރާ އިހްތިޖާޖު ފަށައިފި!

ނަސްރުގެ ދުވަހާއި ގުޅިގެން އިދިކޮޅުން ކުރާ އިހްތިޖާޖު ފަށައިފިއެވެ. 

މާލޭގެ މަސް މާރުކޭޓް ސަރަހައްދުގައި ފެށި މި އިހްތިޖާޖުގެ ތެރެއިން އިދިކޮޅުން ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ކަން ހިނގައިދިޔަ ގޮތުގެ ކުޑަ  ޑެމޮންސްޓްރޭޝަނެއް ދައްކާލާފައެވެ. އެގޮތުން އެދުވަހު ގައުމަށް ޣައްދާރުވި މީހުންގެ ފޮޓޯ ހިމެނޭ މާސްކު ބޮލުގައި އަޅުވައި އެމީހުންގެ ނަން ހިމެނޭ ބޯޑެއް ކަރުގައި އަޅުވައިގެން، އެމީހުން ހައްޔަރު ކޮށް ބިޑި އަޅުވައިގެން ގެންދިޔަ ގޮތް ދައްކުވައިދީފައިވެއެވެ. 

މީގެ އިތުރުންވެސް މިއަދާއި ގުޅޭ ތަފާތު އެކި ޝުއޫރުތައް އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ބައިވެރިން އަންނަނީ ފައުޅުކުރަމުންނެވެ. 

އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް

އިދިކޮޅުން ކުރިއަށް ގެންދާ މި ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއިލް އިއްޔެ ވިދާޅުވީ އެ ހަރަކާތަކީ މި ސަރުކަާރުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާތީ، އެދުވަހު ދިވެހިންގެ ހައްގުގައި ދުނިޔެ ދޫކުރި 19 ޝަހީދުންގެ ޒިކުރާ އައު ކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖެއް ކަމަށެވެ.  

މުހައްމަދު އިސްމާއިލް ވިދާޅުވީ، އިދިކޮޅުން ކުރަމުން މިދާ މަސައްކަތް ތަކަކީ ދިވެހިރާއްޖޭގެ ގެއްލެމުންދާ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރާ އިޚްލާޞްތެރި މަސައްކަތްތަކެއް ކަމަށެވެ. 

އަދި ނޮވެމްބަރު 3 ވަނަ ދުވަހުގެ ޒިކުރާ އައު ކުރަންޖެހެނީ އެދުވަހުގެ ކަންކަން ފެށިގެން ދިޔައީ މިއަދުގެ މި ސަރުކާރުގައި އިސް މަގާމުގައި ތިއްބެވި ބޭބޭފުޅުންގެ ޢާއިލާތަކުން ކަން އެންމެނަށްވެސް އެންގުމަށްޓަކައި ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އަދި މިއަދު އެކަންކަން ހަނދާންނުކޮށް ދޫކޮށްލައިފިނަމަ ދިވެހިންގެ އަސާސްތައް ގެއްލިގެންދާނެ ކަމަށާ ވުމާއެކު އެދުވަހު ދިވެހިންނަށް ޓަކައި ޝަހީދުވު އަބުތާލުންގެ ޒިކުރާ އައު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ރަސީދުމޫސާ
ސަރުކާރު ވަރިފަރައް އަރާނެތީ ތޯއްޗެ ސިއްކަ އަކީ އިބޫ ބަފައިބެ
03 Nov 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.