ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
05 Nov 2022 | 15:24
ޕާޓީގެ ސުލްހައަށް ބުރޫއަރާ ކަމެއް ނުކުރެއްވުމަށް ރައީސް ޔާމީން އިލްތިމާސް ކުރައްވައިފި

އެތެރޭގެ އިންތިޚާބާއި ގުޅިގެން ޕީޕީއެމްގެ ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އިލްތިމާސް ކުރައްވައިފިއެވެ. 

އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރައްވާފައިވަނީ ދާއިރާ ރައީސުން ހޮވުމަށް ކުރިއަށް ގެންދާ އިންތިޚާބުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ހެންވޭރު ދަނޑަށް ޒިޔާރަތްކުރެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ. 

އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ދާއިރާ ރައީސުން ހޮވުމަށް މި ބާއްވާ އިންތިޚާބަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ބޭއްވޭ މުހިންމު ބޮޑު އިންތިޚާބެއްކަމަށެވެ. 

މި އިންތިޚާބުގެ ވާދަވެރިކަމާއި، ކެންޑިޑޭޓުންގެ މެދުގައި އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް ފެންނަމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ވާދަވެރިކަމާއެކު މި އިންތިޚާބު ކުރިއަށް ގެންދިޔަ ނަމަވެސް، އަދި ނަތީޖާތައް ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ޕާޓީގެ އެތެރޭގައި ބައިބައިވުމެއް އުފެދޭގޮތަށް ނުވަތަ ޕީޕީއެމްގެ ސުލްހައަށް ބުރޫއަރާގޮތަށް އެއްވެސް ބޭފުޅަކު އެއްވެސް ކަމެއް ނުކުރެއްވުމަށް ރައީސް ޔާމީން ވަނީ އިލްތިމާސްކުރައްވާފައެވެ. 

މި އިންތިޚާބަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތެއްކަމަށާއި، ރިޔާސީ އިންތިޚާބަކީ ގައުމުގެ މިނިވަންކަމާއި ގުޅުންހުރި މަސައްކަތަކަށްވާތީ، އެ ފިކުރު އިސްކުރުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.