އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު
ހަބަރު
05 Nov 2022 | 18:00
އައްޑޫއަށް ސަރުކާރުން ވެފައިވާ އިހުމާލު ރައްޔިތުން ދަނީ ހިއްސާކުރަމުން: ހީނާ

އައްޑޫ ސިޓީއަށް މި ސަރުކާރުން އިހުމާލުވެފައިވާކަން ފާހަގަކުރައްވާ ރައްޔިތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާކަމަށް އިދިކޮޅުން ބުނެފިއެވެ. 

ނޮވެމްބަރު 6 ވަނަ ދުވަހު ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ނިންމާފައިވާއިރު، އިދިކޮޅުގެ ޓީމުތައް މިހާރު އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. 

އައްޑޫ ސިޓީގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅިގެން މައުލޫމާތުދެއްވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމިންއަށް މަރުހަބާ ދެންނެވުމަށް އައްޑޫ ސިޓީ ތައްޔާރުވެފައިވާކަމަށެވެ. 

އެގޮތުން މާދަމާ އެމަނިކުފާނު ވަޑައިގަންނަވާއިރު، މަރުހަބާ ދެންނެވުމަށް އެއަރޕޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމުތައް ހަމަޖެހިފައި ހުރިކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ރަށްރަށުގެ ޕީޕީއެމް ސްޓިއަރިން ކޮމެޓީތަކުން މަސައްކަތް ކުރަމުންދާކަމަށް ހީނާ ވިދާޅުވިއެވެ. 

ހީނާ ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ ތެރޭގައި ރައީސް ޔާމީންއަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން ރައީސް ޔާމިންއާއި ބައްދަލުކޮށް އެމަނިކުފާނަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ބޭނުންވާކަމަށްވެސް ހީނާ ވިދާޅުވިއެވެ. އަދި ވަޒީފާގެ ބިރުވެރިކަން އޮތުމުން ރައީސް ޔާމީންއަށް މަރުހަބާ ދެންނެވުމަށް ނުދެވޭ ފަރާތްތައްވެސް ތިބި ނަމަވެސް ރައީސް ޔާމީންގެ މަސައްކަތްޕުޅު ރައްޔިތުން ގަބޫލުކުރާކަމަށް ހީނާ ވިދާޅުވިއެވެ. 

ހީނާ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީއަށް މި ސަރުކާރުން ވަމުންދާ އިހުމާލުގެ ވާހަކަތައް ރައްޔިތުން ހިއްސާކުރަމުންދާކަމަށެވެ. އައްޑޫ ސިޓީއަށް ވީ ވައުދުތައް ނުފުއްދާތީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަންވެސް ހީނާގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. 

އެއާއެކު ހީނާ ވަނީ ރައްޔިތުންގެ ހުރި އެ ޝަކުވާތަކާއި ކަންބޮޑުވުންތައް ރައީސް ޔާމީންއަށް ހިއްސާކުރުމުގެ ފުރުސަތު ރައީސް ޔާމިންގެ މި ދަތުރުފުޅުގައި ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. 

އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާއިރު، ކޮންމެ ރަށެއްގައިވެސް މަޑުކުރައްވާ ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށާއި، އަދި އައްޑޫ ސިޓީގެ ތަރައްގީއަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ވަރަށް ތަފްސީލުކޮށް މި ދަތުފުޅުގައި ހާމަކުރައްވާނެކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.