ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
05 Nov 2022 | 16:34
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު: 90 އިންސައްތަ މީހުން ވޯޓުލައިފި!

ދާއިރާ ރައީސުން ހޮވުމަށް އިދިކޮޅުން ކުރިއަށް ގެންދާ އިންތިޚާބުގައި 90 އިންސައްތަ މީހުން ވޯޓުލައިފިކަމަށް ޕީޕީއެމްގެ ރަޖިސްޓްރާ ހަމްދާން ނާސިރު ވިދާޅުވެއްޖެއެވެ. 

އިންތިޚާބާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހަމްދާނު ވިދާޅުވީ ދާއިރާ ރައީސުންގެ އިންތިޚާބުގެ ވޯޓުލުން މާލެއާއި އަތޮޅުތެރޭގައިވެސް ކުރިއަށް ދާކަމަށެވެ. 

މިއަދު ހެނދުނު 10:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާއިރު މިހާތަނަށް އިންތިޚާބުގައި ވޯޓުލެވޭ 90 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް ހަމްދާނު ވިދާޅުވިއެވެ. 

އިންތިޚާބު ކުރިއަށް ދިޔަ ވަގުތު ކޮންމެވެސް ވަރެއްގެ މައްސަލަތައް ދިމާވި ނަމަވެސް، ވަރަށް އަވަހަށް އެކަންކަން ހައްލު ކުރެވި އެއްވެސް ކަހަލަ ހަމަނުޖެހުމަކާއި ނުލާ ވޯޓުލުމުގެ ކަންކަން ކުރިއަށް ދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މި އިންތިޚާބުގެ ވޯޓު ފޮށިތައް 5:00 ގައި ބަންދުކުރުމަށް ނިންމާފައިވާކަމަށާއި، އެހެން ނަމަވެސް އޭގެ ކުރިން ވޯޓުލުމަށް ކިއުތަކުގައި ތިއްބެވި ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެކަމަށް ހަމްދާނު ވިދާޅުވިއެވެ. 

ދާއިރާ ރައީސުން ހޮވުމަށް ޕީޕީއެމުން މިއަދު ކުރިއަށް ގެންދާ އިންތިޚާބުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވެސް ވަނީ މާލޭގައި ވޯޓުލުން ކުރިއަށް ގެންދާ ހެންވޭރު ދަނޑަށް ވަޑައިގެންފައެވެ. 

ހަމްދާނުގެ ވާހަކައިގައިވެސް އެކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީންއަށް ޝުކުރު އަދާކުރެއްވިއެވެ. 

އެއާއެކު ހަމްދާނު ވިދާޅުވީ ދާއިރާ ރައީސުން ހޮވުމަށް ބޭއްވި އިންތިޚާބަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަމަށެވެ. އަދި އެކަމަޓަކައި ޕީޕީއެމްގެ އާންމު މެމްބަރުންނަށްވެސް ޝުކުރު އަދާކުރާކަމަށް ހަމދާނު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.