ބައި އިލެކްޝަން ކާމިޔާބު ކުރި ދެ ކެންޑިޑޭޓުން
ހަބަރު
05 Nov 2022 | 18:05
ބައި-އިލެކްޝަންގެ 2 ގޮނޑިވެސް ޕީޕީއެމްއަށް!

މިއަދު ދެ ރަށެއްގައި ކުރިއަށް ގެންދިޔަ ބައި-އިލެކްޝަންގެ ދެ ގޮނޑި ޕީޕީއެމް ކާމިޔާބުކޮށްފިއެވެ. 

މިއަދު ކުރިއަށް ގެންގޮސްފައިވަނީ ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންއެވެ. 

މި ދެ އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ ޕީޕިއެމްގެ ކެންޑިޑޭޓުންނެވެ. 

އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓަށް 197 ވޯޓު ލިބިފައިވާއިރު، އެ އިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 192 ވޯޓެވެ. 

އޭގެ އިތުރުން ނ މަގޫދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓަށް 124 ވޯޓު ލިބިފައިވާއިރު، އެ އިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 115 ވޯޓެވެ. 

ޕީޕީއެމްއަށް މިއަދު ކުރިއަށް ގެންދިޔަ ބައި-އިލެކްޝަންގައި ލިބުނު ކާމިޔާއާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް ޔާމީންއަށް އޮތް ތާއީދު އިތުރުވަމުން އަންނަ މިންވަރުކަމަށެވެ.

އަދި މި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނާކަން ބައި-އިލެކްޝަންތަކުގެ ނަތީޖާއިން އެނގިގެންދާކަމަށް ހީނާ ވިދާޅުވިއެވެ. 

ހީނާ ވަނީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.