މުހައްމަދު އިސްމާއިލް / ފޮޓޯ ޕީޕީއެމް
ހަބަރު
05 Nov 2022 | 21:37
ވިލިމާލެ ދާއިރާގެ ރައީސްކަމަށް މުހައްމަދު އިސްމާއިލް!

ދާއިރާ ރައީސުން ހޮވުމަށް ޕީޕީއެމުން ބޭއްވި އިންތިޚާބުގައި ވިލިމާލޭ ދާއިރާގެ ރައީސްކަމަށް މުހައްމަދު އިސްމާއިލް ހޮވިއްޖެއެވެ. 

މި އިންތިޚާބުގައި މުހައްމަދު އިސްމާއިލް އާއި ވާދަކޮށް ބަލިވެފައިވަނީ ރޭނިސް ސަލީމްއެވެ.

މުހައްމަދު އިސްމާއިލް ވިލިމާލޭގެ ދާއިރާ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރައްވާފައިވާއިރު އޭނާ އަކީ އިދިކޮޅުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއަރކަމުގެ މަގާމުވެސް ކުރައްވަމުން ގެންދަވާ ބޭފުޅާކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން މުހައްމަދު އިސްމާއިލް އަކީ ހޯރަފުށީ ދާއިރާގެ މެމްބަރުކަންވެސް މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. 

ޕީޕީއެމުން ބުނީ ދާއިރާ ރައީސުންނަކީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގުމުގައި އެންމެ އިސްކޮށް ހުންނަ ފަރާތައް ވެގެންދާނެކަމަށެވެ. 

ދާއިރާ ރައީސުންނަކީ ސީދާ ރައްޔިތުން އިންތިޚާބުކުރާ ފަރާތަކަށްވުމުން، ޕާޓީގެ ހިންގުން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާނެކަންވެސް އިދިކޮޅުން ފާހަގަކުރެއެވެ. 

އިދިކޮޅުން ވަނީ އިންތިޚާބީ 87 ދާއިރާއިން ދާއިރާ ރައީސުން ހޮވާފައެވެ. އަދި އޭގެ އިތުރުން ކޮންމެ ރަށަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާނެ ރައީސާއަކާއި ޒުވާނުންގެ ރައީސްއެއްވެސް ހޮވާފައެވެ. 

ކޮމެންޓް
ލިއު
މަޜުޙަބާ އަޅުގަނޑުމެންގެ ލޮބުވެތި ވިލިމާލެ ދާއިރާ ރައިސް
05 Nov 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.