ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ
05 Nov 2022 | 21:59
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބަކީ ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއް: ފައްޔާޒް

ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ މި ސަރުކާރުން ސިޔާސީ މިނިވަންކަން ކަށވަރުކޮށްދީފައިވާކަން ހާމަކޮށްދޭ ހެއްކެއްކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމްއިން އެތެރޭގެ އިންތިޚާބެއް ބޭއްވުމާއި ގުޅިގެން މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ފައްޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއްކަމަށެވެ. މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތުކަމަށާއި ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުންކަމަށް ފައްޔާޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. 

ޕީޕީއެމުން އެތެރޭގެ އިންތިޚާބެއް ބާއްވާފައިވާއިރު، އެ އިންތިޚާބަކީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ އިންތިޚާބެއް ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. 

އަދި އެ އިންތިޚާބު ކާމިޔާބުކަމާއެއްކޮށް ކުރިއަށް ގެންދިއުމުން ޕީޕީއެމް ޑިމޮކްރަސީއަށް ފައްކާވެފައިވާ މިންވަރު ފެނިގެންދާނެކަމަށް ޕާޓީގެ ލީޑަރޝިޕުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން އެ އިންތިޚާބަށް އެހާ ބޮޑު ތަރުހީބެއް ލިބުނީ ރައީސް ޔާމީންއަށް އޮތް ތާއީދު އިތުރުވަމުން ދާތީކަމަސް އިދިކޮޅުން ވަނީ ބުނެފައެވެ. 

ކޮމެންޓް
އދ
ސިޔާސީ މިނިވަންކަމޭ ޕީޕީއެމް އިން އައްޑޫގަ ބާއްވަން އުޅޭ ޖަލްސާއައް ހުރަސް އެޅުމާއި އަދި ޕީޕީއެމް އިން މުޒާހިރާ ކުރަން އުޅޭއިރައް ހީވަނީ ދެފަޔައް ހިނިއަރައިގެން އުޅޭހެން މިނިވަންކަން ބޮޑުކަމުން
05 Nov 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.