ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރައީސް ޔާމީން އަބްދުލްގައްޔޫމް އަށް ރިޔާސީ ޓިކެޓު ހަވާލުކުރައްވަނީ-- ފޮޓޯ: ވޮއިސް
ހަބަރު
06 Nov 2022 | 10:45
ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތް މަދުވެފަ: އަބްދުއްރަހީމް

އިއްޔެ ބޭއްވި އިދިކޮޅު ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބުންވެސް އެނގިގެން ދިޔައީ، ރައްޔިތުން ތިބީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެންނަން ކެތްމަދުވެފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެެއެވެ.  

އިދިކޮޅު ކޯލިޝަންގެ ދާއިރާ ތަކުގެ އިންތިޚާބަށްފަހު އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، އެ ކޯލިޝަނުން އުއްމީދު ކުރި ވަރަށްވުރެވެސް ގިނަ ބަޔަކު އެ އިންތިހާބުގައި ވޯޓުލާން ނުކުމެފައިވާކަމަށެވެ.

މީގެ އެނގިގެން މިދިޔައީ ރައީސް ޔާމީންގެ ފަހަތުގައި ޕީޕީއެމް ސާބިތުވެ ތިބި މިންވަރު. މި އިންތިހާބުން ވެސް މި ދައްކައިދިނީ. ރައްޔިތުން ބަދަލަކަށް ދިވެހިރާއްޖެއަށް ބޭނުންވެފައިވާކަން މީގެން ދައްކައިދެނީ. ރައްޔިތުން މިތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފައި ކަން. އަޅުގަނޑަށް މި އެތެރޭގެ އިންތިޚާބުންވެސް މި އެނގިގެން ދިޔައީ. 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

މިއައެކު އަދުރޭ ވިދާޅުވީ، މި އިންތިހާބަށް ބޮޑު ތަރުހީބެއް ލިބިއްޖެކަމަށް ގަބޫލުކުރައްވާ ކަމަށާ، އަދި އިންތިހާބު ނިމިގެންދިޔައީ ހަމަޖެހުމާއިއެކުގައިކަމަށާއި، މަސްލަހަތު ގެއްލޭފަދަ އެއްވެސްކަމެއް ނުހިގާކަމަށެވެ. އަދި މީގެ އިތުރުން މި އިންތިހާބާއިއެކު ޕާޓިގެ ހަރަކާތްތައް ކުރިއަށްވުރެ އެތައް ގޮތަކުން ވަރުގަދަ ވެގެންދާނެކަމަށާ އެގޮތުން ކޮންމެ ދާއިރާއެއްވެސް ބަލަހައްޓާނެ އިސް މީހަކާއި، އަދި އެމީހާއަށް އެހީތެރިވުމަށްޓަކައި ދާއިރާގެ ނައިބު ރައީސަކުވެސް ހުންނާނެކަން އޭނާ  ފާހަގަކުރެއްވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ދާއިރާ އިންތިޚާބުގައި ޖުމްލަ 87 ދާއިރާއަކުން މަގާމުތަކަށް މީހުން އިންތިހާބުކުރެވުނުއިރު، މި ފަރާތްތަކުގެ އިންތިހާބީ ދައުރަކީ 3 އަހަރެވެ. މިއީ 2023 ވަނަ އަހަރުގެ ރިޔާސީއިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްކަމަށް ޕާޓީގެ ލީޑާޝިޕްއިން ފާހަގަކުރައްވައެވެ.

ކޮމެންޓް
ހުސޭނުބެ
ހައްހައްހައް! ޢަނެެއްކާ އަދުރޭ ހިސާބު ޖަހަން ފެށީ!
06 Nov 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.