އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު
ހަބަރު
06 Nov 2022 | 12:07
ކަނޑައަޅާ ވަކި ފަރާތްތަކެއްގެ އާމްދަނީ އިތުރުކުރަން ޒަކާތު ނަފާ ނަމުގައި ޕްރޮގްރާމެއް

ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ ވަކިފަރާތްތަކަކަށް ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ޒަކާތު ނަފާ ޕްރޮގްރާމުގެ ނަމުގައި ފްރޮގުރާމެއް ތައާރަފްކޮށްފިއެވެ.

މިއީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު "ޒަކާތު ނަފާ ޕްރޮގްރާމް" ހިންގުމާބެހޭ ގޮތުން، 28 ފެ ބުރުވަރީ 2022 ގައި، ވެފައިވާ ފަހުމުނާމާގައިވާ ގޮތުގެ މަތީން ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިއަދު އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒް ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މި ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީން ޒަކާތުގެ ފައިސާ ބަހަމުންއައި ފަގީރުންނަށް އަމިއްލަ ފައި މައްޗަށް ތެދުވުމަށް އެހީވުމަށް ކުރިއަށް ގެންދަންފަށާ ޕްރޮގްރާމެއް ކަމަށެވެ. 

އަދި އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ، ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީ ކުރަން ހުޅުވާލައި، އެ ދަފްތަރުގައި ރެޖިސްޓްރީ ކުރާ ފަރާތް ތަކަށް ކަމަށާ، މީގެ ކުރިން އެ ފަރާތްތަކަށް ދެމުން އައީ ހަމައެކަނި މުދަލު ޒަކާތާއި ފިތުރު ޒަކާތުން ލިބެމުން އައި ފައިސާ ކަމަށެވެ. އެހެންނަމަވެސް އެއިން އެންމެ އެދެވޭ ފައިދާއެއް އެފަރާތްތަކަށް ނުކުރާ ކަން ފާހަގަކުރެއްވިފައިވާތީ، އެ މީހުންވެސް އަމިއްލަ ފައި މައްޗަށް ތެދުވެ އާއްދަނީ ލިބޭނެ ގޮތެއް ހަދައި ދިނުމަށް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމެވީކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އެގޮތުން މި ޕްރޮގްރާމްގެ ދަށުން، ވަކި އުސޫލުތަކަކާއި މިންގަނޑުތަކެއްގެ ދަށުން، ފިޔަވަހިތަކަކަށް ބަހައިލައިގެން، ކަނޑަ އެޅޭ ވަކި އަދަދެއްގެ ބަޔަކަށް އެ ފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެހީވެދޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމާބެހޭ އިޖުރާއަތު ކަނޑައެޅުމުގެ އުސޫލު މިހާރު އާއްމުކޮށްފައިވާއިރު މިއަދުން ފެށިގެން މި އުސޫލަށް އަމަލު ކުރަން ފަށާނެއެވެ.

އުސޫލުގައި ބުނެފައިވަނީ ޒަކާތު ނަފާ ޕްރޮގްރާމް ރާވައި، މެނޭޖްކޮށް ތަންފީޛުކުރުމުގައި އިސްދައުރު އަދާކުރާ އިމްޕްލިމަންޓިންގ އޭޖެންސީއަކީ، އިސްލާމިކް މިނިސްޓްރީކަމަށެވެ. އަދި އެ ޕްރޮގްރާމް ހިންގާނީ އެކުލަވައިލާ ޒަކާތު ނަފާ ސްޓިއަރިންގ ކޮމިޓީންކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. 

ސްޓިއަރިންގ ކޮމިޓީ އެކުލެވިގެންވާ ގޮތް:

- ސްޓިއަރިންގ ކޮމިޓީ އެކުލެވިގެންވާ ގޮތް

- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން 3 މެންބަރުން

- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން 2 މެންބަރުން

- މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ފަރާތުން 1 މެންބަރު

- ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ފަރާތުން 1 މެންބަރު

- އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުގެ ފަރާތުން 1 މެންބަރު

- އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުގެ ފަރާތުން 1 މެންބަރު

އެ އުސޫލުގައި ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދެވޭނެ ދާއިރާތަކެއްވެސް ބަޔާން ކޮށްފައިވާއިރު އޭގެ ތެރޭގައި ގެދޮރުގެ ނަފާ، ޕޯލްޓްރީ ފާރމިންގ، ހައިޑްރޯޕޯނިކް ދަނޑުވެރިކަން، ފަރުމަސްވެރިކަން، ފެހުން އަދި ޓްރައިނިންގ/ އޮންދަ ޖޮބް ޓްރައިނިންގ/ އެޕްރެންޓިސްޝިޕް ހިމެނެއެވެ.

ނަމަވެސް މި ކަންކަމުގެ އިތުރަށް، ހާލަތަށް ބަލައި އިތުރު ދާއިރާތައް ކަނޑައެޅުމުގެ އިޚްތިޔާރު، ސްޓިއަރިންގ ކޮމިޓީއަށް ލިބިގެންވާކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި ބުނެފައިވާގޮތުން ޒަކާތު ނަފާ ފްރޮގްރާމުގެ ތެރެއިން ޒަކާތު ފަންޑުން ޚަރަދު ކުރެވޭނީ، ޢާއިލާއަކަށް ގިނަވެގެން 150،000 ރުފިޔާގެ މިންވަރަކަށެވެ. ނަމަވެސް މި މިންވަރުގެ އިތުރުން، އެސްއެމްއީ ފަންޑު މެދުވެރިކޮށް، އަނބުރާ ދައްކާގޮތަށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ވަކި މިންވަރެއް އެހީގެ ގޮތުގައި ހަމަޖެއްސިދާނެކަމަށް އުސޫލު ބުނެއެވެ.

ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އެހީ ދޭނީ، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކަމަށާ، އެފަރާތްތަކަށް އެހީ ދެވޭނެ ފަރާތްތައް ކަނޑައަޅާނީ ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ސްޓިއަރިންގ ކޮމިޓީންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.