ރައީސް ޔާމީން އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގަތުން-- ފޮޓޯ: ޕީޕީއެމް
ހަބަރު
06 Nov 2022 | 14:41
ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފޭދުއަށް ވަޑައިގެންފި!

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އައްޑު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުރަތަަމަ މަންޒިލް ފޭދޫ އަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީން އަށް މަރުހަބާ ކިޔުމަށް ފޭދޫގެ ޕީޕީއެމަށް ނިސްބަތްވާ ގިނަބަޔަކު ވަނީ ޕީޕީއެމް ދިދަ ހިފައިގެން އެއްވެފައެވެ. އެ އެންމެނާއި ރައީސް ޔާމީން ވަނީ ސަލާމް ކުރައްވާފައިވާއިރު، ބައެއް ފިއްތުންތަކާއި ގުޅިގެން އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކަށް މަރުހަބާ ދަންނަވަން ނާދެވޭ ކަމަށްވެސް ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ފާހަގަކުރެއްވިއެވެ.  

ރައީސް ޔާމީން އަށް މަރުހަބާ ކިޔަން ފޭދޫ ސަޕޯޓަރުން އެއްވެ-- ފޮޓޯ: ޕީޕީއެމް

މިއަދުން ފެށިގެން މިމަހު 9 އަކަށް ރައީސް ޔާމީން އައްޑޫ ސިޓީގެ ރަށްރަށަށް ވަޑައިގަންނަވާ އިރު މި ދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެކަމަށް ޕީޕީއެމުން ބުނެއެވެ. 

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރަށްރަށުގައި އޮތް ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. 

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ މި ފަތުރުފުޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ 4 ވަނަ ދަތުރުފުޅެވެ. 

އެމަނިކުފާނު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ ހާލު ބެއްލެވުމާއި، ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކަންކަން ބައްލަވާލެއްވުން ކަމަށް އިދިކޮޅުން ބުނެއެވެ. އޭގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ތައްޔާރުކުރާ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަކީވެސް އެމަނިކުފާނުގެ ދަތުރުފުޅުގަކުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން ކަަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.