ހަސަން މޫސާ އާއި އަހުމަދު ވަހީދު
ހަބަރު
06 Nov 2022 | 14:25
ޕީޕީއެމް ތޮއްޑޫ ދާއިރާގެ ރައީސް ކަމަށް ހަސަން އަދި ނާއިބު ރައީސް ކަމަށް އަހުމަދު!

ޕީޕީއެމްއިން ދާއިރާތަކުގެ ރައީސުން ހޮވުމަށް ކުރިއަސް ގެންދިޔަ އިންތިޚާބުގައި ތޮއްޑޫ ދާއިރާގެ ރައީސްކަމަށް ހަސަން މޫސާ އަދި ނާއިބު ރައީސް އަކަށް އަހުމަދު ވަހީދު އިންތިހާބު ވެއްޖެއެވެ. 

ޕީޕީއެމްގެ ތޮއްޑޫ ދާއިރާގެ ރައީސް ކަމަށާ ނައިބު ރައީސް ކަމަށް ދެ ފަރާތަކުން ކުރިމަތިލާފައިވެއެވެ. އެގޮތުން ރައީސް ކަމަށް ހަސަންގެ އިތުރުން ދެން ކުރިމަތިލީ އިމާދެވެ. އަދި ނައިބް ރައީސްކަމަށް ވަހީދުގެ އިތުރުން ކުރިމަތިލީ ޒުމާމެވެ. 

ވަގުތީ ނަތީޖައަށް ބަލައިރު އިންތިޚާބުގައި ހަސަން މޫސާއަށް 431 ވޯޓު ލިބިފައިވާއިރު، އޭނާ އާއި ވާދަކުރެއްވި އިނާދަށް ލިބިފައިވަނީ 123 ވޯޓެވެ. އަދި ނައިބް ރައީސްކަމަށް ކުރިމަތިލެއްވި އަހުމަދު ވަހީދަށް 347 ވޯޓް ލިބިފައިވާއިރު ޒުމާމް އަށް ލިބުނީ 203 ވޯޓެވެ. އެއާއެކު ހަސަން އާއި އަހުމަދަށް މިވަނީ ތޮއްޑޫ ދާއިރާގެ ރައީސްކަމާއި ނައިބު ރައީސް ކަމުގެ ގޮނޑި ކަށަވަރުވެފައެވެ. 

ދާއިރާ ރައީސުން ހޮވުމަށް އިދިކޮޅުން ބޭއްވި އިންތިޚާބަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އިދިކޮޅުން ފާހަގަކުރެއެވެ. އެއާއެކު ދާއިރާ ރައީސުންނާއެކު ޕީޕީއެމްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށާއި، އަދި މި އިންތިޚާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ އިންތިޚާބެއްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.