ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު -- ފޮޓޯ/މަޖިލިސް
ހަބަރު
06 Nov 2022 | 15:13
ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމުލަ އަދަދު 15.2 ބިލިއަން ރުފިޔާއަށް އަރާ: ވަހީދު

‏ޖީއެސްޓީއާއި ޓީޖީއެސްޓީ އަދި އެނޫންވެސް ގޮތްގޮތުން ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމުލަ އަދަދު 15.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓާއި ހަވާލާދީ ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމުލަ އަދަދު 15.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އޭގެ ތެރޭގައި އިންކަމް ޓެކްސް، ޖީއެސްޓީ އާއި އެހެނިހެން ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ ޖުމުލަ 5.5 ބިލިއަން ރުފިޔާ ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރިސޯޓުތަކުގެ ކުލިން ނުލިބިވާ ފައިސާގެ އަދަދު 9.1 ބިލިއަނަށް އަރައެވެ." ވައްޑެ ވިދާޅުވި އެވެ. 

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް އެސްއޯއީ ތަކުން ޓެކުހުގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 890 މިލިއަން ރުފިޔާއަށް އަރައެވެ. ޓެކްސް ނޫން އާމްދަނީން ނުލިބިވާ ފައިސާގެ އަދަދު 88 މިލިއަނަށް އަރަ އެވެ. އެއީ ޓެކްސް ދައްކަން ޖެހޭ މުއްދަތު ހަމަވެ، ޖޫރިމަނާއަށް ދައްކަން ޖެހޭ އަދަދު ނުހިމަނައެވެ. ޖޫރިމަނާ ހިމަނައިގެން މި އަދަދުތަކުގެ ޖުމްލަ 1.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

މީރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމުލަ އަދަދު 15.2 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރޭގައި އިންކަމް ޓެކްސް، ޖީއެސްޓީ އާއި އެހެނިހެން ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ ޖުމުލަ 5.5 ބިލިއަން ރުފިޔާ ހިމެނެއެވެ. ރިސޯޓުތަކުގެ ކުލިން ނުލިބިވާ ފައިސާގެ އަދަދު 9.1 ބިލިއަނަށް އަރާއިރު ޓެކްސް ނޫން އެހެނިހެން އާމްދަނީން ލިބެންވާ ފައިސާގެ އަދަދު 587 މިލިއަން ރުފިޔާއަށް އަރައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.