ރައީސް ޔާމީން ފޭދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
06 Nov 2022 | 21:46
ވެރިކަން ލިބިއްޖެނަމަ ފުރަތަމަ 3 އަހަރު ތެރޭގައި އައްޑޫގައި 5000 ވަޒީފާ އުފައްދާނަން: ރައީސް ޔާމީން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ 3 އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި 5000 ވަޒީފާ އުފައްދަވާ ދެއްވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ފޭދޫގައި އޮތް ޚާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ އެންމެ އިސްކަމެއް ދެއްވާނީ ޒުވާނުންގެ ހާލަތު ބަދަލުކުރެއްވުމަށް ކަމަށެވެ. 

ޒުވާނުންގެ ހާލަތު ބަަދަލުކުރުމަށް އެންމެ މުހިންމީ ރަނގަޅު ވަޒީފާތަކެއް އުފެއްދުންކަމަށާއި، އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ އައްޑޫ ސިޓީއަށް ޚާއްސަ 5000 ވަޒީފާ އުފައްދަވާނެކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ ދެއްވާފައެވެ. 

"ހަމައެކަނި މި ސިޓީއަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ 3 އަހަރު ދުވަހުގެ ތެރޭގައި 5000 ވަޒީފާ އުފައްދާނަން"

ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން 

ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ތައްޔާރީތައް ފަށާފައިވާއިރު، އެ އިންތިޚާބަށް ޕީޕީއެމުން އެކުލަވާލާ މެނިފެސްޓޯގައިވެސް ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދީފައިވާކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. 

އެގޮތުން އެ މެނިފެސްޓޯގެ ފުރަތަމަ ޗެޕްޓަރު ޚާއްސަކޮށްފައިވާ ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ފުއްދާދިނުމަށްކަމަށް ރައީސް ޔާމީންވެސް ވަނީ އެކި ޖަލްސާތަކުގައި ވާހަކަދައްކަަވަމުން ވިދާޅުވެފައެވެ. 

ކޮމެންޓް
އަދީބާ
ބަލަގަ ކިތަށް ވަޒީފާ ކުރީ5އަހަރު އުފެއްދިންތަ؟ ކަލޯވެސް ދެންވެރިކަމަށްއެރި ހާއިނުން ވެސް ދޮަގުހެދުމުގެމުބާރާތެއް! ބާއްވަންފެނޭ!
06 Nov 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.