ސްޓޯބެރީ ޓްރެސް ލެޗެސް--ފޮޓޯ: ގޫގުލް
ލައިފްސްޓައިލް
07 Nov 2022 | 07:22
ޓްރެސް ލެޗެސް ކޭކު އަޅަން ބޭނުންތަ؟ މިއޮތީ ރެސިޕީ!

މިއަދު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލު ކޭކެއް ކަމަށްވާ ޓްރެސް ލެޗެސް ތައްޔާރުކުރާނެ ގޮތެވެ. 

ކޭކަށް ބޭނުންވާ ތަކެތި:

1 ޖޯޑު ފުށް

2 ½ ސައިސަމުސާ ބޭކިންގް ޕައުޑަރ

¼ ސައިސަމުސާ ލޮނު

1/3 ޖޯޑު ފުލް ކްރީމް ކިރު

2 ބިސް

½ ޖޯޑު ހަކުރު

½ ޖޯޑު ތެޔޮ
1 ސައި ސަމުސަ ވެނިލާ އެސެންސް 

ކޭކަށް އަޅާ ސިރަޕް ތައްޔާރުކުރަން ބޭނުންވާ ތަކެތި:

1 ޖޯޑު ފުލް ކްރީމް މިލްކް

½ ޖޯޑު ގެރިކިރު

½ ޖޯޑު އިވެޕޮރޭޓަޑް ކިރު

1/2 ޖޯޑު ހެވީ ކްރީމް
200 ގްރާމް ސްޓޯބެރީ (ކިޔުބް ކޮށް ކޮށާފައި)

ޓޮޕިންގްއަށް ބޭނުންވާ ތަކެތި:

1 ޖޯޑު ވިޕިންގް ކްރީމް

½ މޭޒުމަތީ ސަމުސާ ހަކުރު

5 ސްޓޯބެރީ (ތުނިކޮށް ދިގަށް ވާގޮތަށް ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:

1) ކޭކު ފިހާ ޓެރޭއެއްގައި ރަނގަޅަށް ތެޔޮ އުނގުޅާލާށެވެ. އަރި މަތީގައިވެސް އުނގުޅަންވާނެއެވެ. ދެން އުނގުޅާފައި ހުރި ތެޔޮތަކުގެ މައްޗަށް މޭޒުމަތީ ސަމުސަލެއްހާ ފުށް ބުރުއްސާލާށެވެ. އެ ފުށްކޮޅުވެސް ތުނި ލޭޔަރ އެއް ހެދޭގޮތަށް ޓްރޭގައި އުނގުޅާލާށެވެ. ތަބަކުގެ ތެރޭގައި ފުށް ގިނަ ވެފައި ހުރިނަމަ އެކޮޅު ކޮޅުން ބާއްވާފައި ދެތިން ފަހަރަކު ފުލުގައި ޖަހާލީމާ ގިނަވާ ފުށްތައް ދާނެއެވެ.

2) ހެންޑް މިކްސަރ އެއް ނުވަތަ އާދައިގެ މިކްސަރެއް ބޭނުން ކޮށްގެން ބިހާއި ހަކުރާއި ތެޔޮ އެއްކުރާށެވެ. އެއްކުރާނީ ރަނގަޅަށް އެއްވެ، ކުލަ ކޮންމެވެސް ވަރަކަށް އަލިވެ، އޮލަކަމެއް އެއަށް އަންނަން ދެނެވެ. ދެން އެ މިކްސްޗަރ ވަކި ބޯ ތަށްޓެއްގެ ތެރެއަށް އަޅާލާށެވެ. 

3) އެއަށްފަހު ފުށާއި، ބޭކިންގް ޕައުޑަރާއި ލޮނު ވަކި ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާށެވެ. 

4) ދެން ބިސް މިކްސްޗަރ ގެ ތެރެއަށް ފުށް މިކްސްޗަރ އިން ގާތްގަޑަކަށް 4 ވަރަކަށް މޭޒުމަތީ ސަމްސާ އެޅުމަށްފަހު ރަނގަޅަށް އެކުލަވާލާށެވެ.

5) އެއަށްފަހު ފުލް ކްރީމް މިލްކް ޕެކެޓުން 2 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް ބިސް މިކްސްޗަރ ތެރެއަށް އަޅާލާފައި އަނެއްކާވެސް މަޑުމަޑުން އެއްކޮށްލާށެވެ.

6) ފުށް މިކްސްޗަރ އާއި ކިރު ހުސްވަންދެން ސްޓެޕް (4) އަދި (5) ގައި ބުނެފައިވާ ފަދައިން ތަކުރާރު ކުރަމުންދާށެވެ. ދެން ވެނީލާ އެސެންސް ފޮދު އަޅާފާައި ރަނގަޅަށް އެކުލަވާލާށެވެ.

7) ރަނގަޅަށް އެއްވުމުން ޓްރޭ ގެ ތެރެއަށް އެ އަޅާލުމަށްފަހު، ޕްރީ ހީޓް (180 ޑިގްރީއަށް 10 މިނެޓް ވަންދެން ޕްރީ ހީޓް ކުރަން ވާނެ) ކުރެވިފައިވާ އަވަނެއްގައި 180 ޑިގްރީގައި ގާތްގަނޑަކަށް 30 މިނެޓް ވަންދެން ފިހެލާށެވެ. ފިހާނީ މައްޗަށް ރަން މުށި ކުލަ އަރައި މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްވެސް އެއްޗެއް ހަރުނުލާ ހުންނާނެ ވަރަށެވެ.

8) ކޭކު ފިހެވެމުންދާއިރު ކޭކު ތެރެއަށް އަޅާ ސިރަޕް ތައްޔާރުކުރާނީއެވެ. ސިރަޕް ތައްޔާރު ކުރަން އެންމެ ފުރަތަމަ ކުޑަ ކިރު ކޮޅަކާއި އެކު ސްޓޯބެރީތައް މިކްސަރަކުން ރަނގަޅަށް މުގުރާލާށެވެ. ދެން އިތުރު ކިރު ކޮޅެއް އަޅާލުމަށްފަހު އަނެއްކާވެސް މިކްސަރުން އެކަލަވާލާށެވެ. އެއަަށްފަހު އެ ތަކެތި ބޯތަށްޓަކަށް އެޅުމަށްފަހު ބާކީ ހުރި ކިރާއި، ދެންވެސް ސިރަޕް ތައްޔާރުކުރަން ބޭނުންވާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

9) ކޭކު ފިހެވި އެއްކޮށް ހިހޫ ވުމުން އުލެއް ބޭނުން ކޮށްގެން ކޭކުގެ މަތީގައި ލޯވަޅުތަކެއް އަޅާށެވެ.

10) ދެން ކޭކު ފޯކުރަން ހެދި ސިރަޕް ލޯވަޅު އެޅި ކޭކުގެ މައްޗަށް މަޑު މަޑުން އަޅާށެވެ. އެތިކޮޅަކުން އަޅާއިރު ރަނގަޅަށް ސިރަޕް ކޭކު ތެރެއަށް ވަންނަންދެން ކޮންމެ ފަހަރަކުވެސް އިރުކޮޅަކު މަޑުކޮށްލަންވާނެ އެވެ. 

11) ކޮންމެސް އެއްޗެއް ބޭނުން ކޮށްގެން ކޭކުގެ މަތި ޖަހާށެވެ. ދެން ފްރިޖްގައި މަދުވެގެން ދޮޅު ގަޑިއިރެއް ހާއިރު ބަހައްޓާށެވެ.

12) ކޭކު އައިސް އަލަމާރިން ނަގަން ކައިރިވީމައި، ވިޕްޑް ކްރީމް ޓޮޕިންގް ތައްޔާރު ކުރާށެވެ. ވިޕްޑް ކްރީމް ޓޮޕިންގް ތައްޔާރު ކުރަން ހެންޑް މިކްސަރަކުން ހަކުރާއި ވިޕިން ކްރީމް ރަނގަޅަށް ވިޕް ކޮށްލާށެވެ. ރަނގަޅަށް ގިރުނީމައި މިކްސަރުގެ ގިރާއެތީގައި ހަރުލާފައި ހުންނަ ކްރީމްތައް ހުންނާނީ ދޯރި ބައްޓަމަށެވެ.

13) ދެން ކޭކުގެ މަތީގައި ވިޕްޑް ކްރީމް ފަތުރާލުމަށްފަހު އޭގެ މަތީގައި ސްޓޯބެރީ ކޮޅުތައް ރީތިކޮށް އަތުރާލާފައި ކާންވީއެވެ. 

ކޮމެންޓް
Aisha Waheeda
ސަޅި.
07 Nov 2022
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.