ފުލުހުން އަރަބިއްޔާގެ ބެލެނިވެރިއެއް މިނިސްޓްރީން ބޭރުކުރަނީ
ހަބަރު
07 Nov 2022 | 14:52
މިނިސްޓަރާ ބައްދަލުކުރަން ދިޔަ އަރަބިއްޔާ ބެލެނިވެރިން ބޭރުކޮށްލައިފި

އަރަބިއްޔާ އާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ހިއްސާ ކުރަން އަރަބިއްޔާގެ ބެލެނިވެރިން މިއަދު ދިއުމުން ފުލުހުން ގޮސް މިނިސްޓްރީގެ އޮފީސް ތެރެއިން ބެލެނިވެރިން ނެރެފި އެވެ.

އަރަބިއްޔާ ބެލެނިވެރިން ބުނެފައިވާ ގޮތުގައި، އެ ސުކޫލުގެ ބެލެނިވެރިން އެޑިޔުކޭޝަން މިނިސްޓަރާއި ބައްދަލުކުރުމަށް އެދޭތާ ގާތްގަނޑަކަށް ދެތިން ހަފްތާ ވެއްޖެއެވެ. އެހެން ނަމަވެސް މިނިސްޓަރު ބިޒީ ވެގެން އެކަން ނުވެފައިވާއިރު، މިއަދު ބައްދަލު ކުރަންދިޔަ ބެލެނިވެރިންގެ ހުރިހާ ކަންބޮޑުވުންތައް މިނިސްޓްރީއާއި ހިއްސާ ނުކުރެވެނީސް ފުލުހުން އައިސް ވަނީ ބެލެނިވެރިންތައް މިނިސްޓްރީން ބޭރުކޮށްފައެވެ. 

އަރަބިއްޔާ ސުކޫލާއި ގުޅިގެން އެ ސުކޫލުގެ ބެލެނިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓައި، އިއްޔެގެ ވަގުތެއްގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ ސުކޫލުގެ ހިންގުން ރަނގަޅު ކުރުމަށް ކަމަށް ބުނެ، ކުރިން ހުރި ޕްރިންސިޕަލް ވެސް ބަދަލު ކޮށްފައެވެ. އެކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް، އެ ސުކޫލުގެ ކުރީގެ ޕްރިންސިޕަލް ޝުޖާއުއާއި ސުކޫލް ހިންގުން ހަވާލު ކުރުމަށް ގޮވާލައި ރެއާއި މިއަދު ވެސް ބެލެނިވެރިން ވަނީ އިހްތިޖާޖު ކޮށްފައެވެ. 

އަދި މި އިހްތިޖާޖު ގެ ތެރެއިން ރައީސް އޮފީހަށް އެ ސުކޫލު ބެލެނިވެރިން ލާފައިވާ ސިޓީގެ ޖަވާބު ހޯދުމަށް ރައީސް އޮފީހަށް ވަންނަންވެސް ބެލެނިވެރިން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ ބެލެނިވެރިން ހުއްޓުވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.