ޝެއިޚް އަބްދުﷲ ސައުދާން
08 Nov 2022 | 15:10
އަރަބި ތައުލީމުން ނައްތާލަން ސަރުކާރުން ކުރާ މަސައްކަތުގައި ކޯލިޝަން ލީޑަރުން ޝާމިލުވޭ: ޝެއިޚް ސައުދާން

އަރަބި ތައުލީމު ނައްތާލުމަށް ސަރުކާރުން ކުރާ ކޮންމެ މަސައްކަތެއްގައި ސަރުކާރާއި އެކު ކޯލިޝަން ހަދައިގެން ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ޝާމިލުވާކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ސައުދާން ވިދާޅުވެއްޖެއެވެ. 

ޝެއިޚް ސައުދާން މިފަދައިން ވިދާޅުވެފައިވަނީ އަރބިއްޔާ ސުކޫލަށް ސަރުކާރުން އިހުމާލުވާކަން ފާހަގަކޮށް ބެލެނިވެރިން އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ. 

ޝެއިޚް ސައުދާން ވިދާޅުވީ އަރަނި ތައުލީމު ނައްތާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެ މަސައްކަތުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ލީޑަރުންވެސް ޝާމިލުވާކަމަށެވެ. 

އަރަބިއްޔާ ސުކޫލާއި އެހެން ސުކޫލުތަކާއި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކޮށް އަރަބިއްޔާގެ ބެލެނިވެރިން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން އަރަބިއްޔާގެ ދާއިމީ ސުކޫލު އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސާދެއްވާފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީއިން ޕްލިސީއަށް ގެނައި ބަދަލަކުން ބާ ޖަމާލުއްދީނުން ބޮޑު ބައެއް އެ ސުކޫލަށް ގެއްލިފައިވާކަން ބެލެނިވެރިން ދަނީ ފާހަގަކުރަމުންނެވެ. އަދި އެކަން އެގޮތަށް ކުރުމުގެ ސަބަބުން އަރަބިއްޔާއަށް ކައިރި މުސްތަގުބަލެއްގައި އަނެއްކާވެސް ޖާގައިގެ ދަތިކަން ދިމާވާނެތީ، އެއަށްވުރެ ފަހި ގޮތްތަކެއް އެ ސުކޫލަށް ހޯދައިދިނުމަށް ބެލެނިވެރިން ވަނީ އަޑުއުފުލާފައެވެ. 

މި މައްސަލަ ހޫނުވެފައި ވީނަމަވެސް ސަރުކާރުގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ނުދޭއިރު، މި ކަންކަން ކުރަމުންދަނީ ސަރުކާރުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ ހިއްސާދާރުންވެސް ޝާމިލުވެގެންކަމަށް ޝެއިޚް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.