އެޑިޔުކޭޝަން މިނިސްޓަރު އަރަބިއްޔާގެ ބެލެނިވެރިންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ/އެޑިޔުކޭޝަން މިނިސްޓްރީ
ހަބަރު
08 Nov 2022 | 18:13
ހުޅުމާލޭގައި އަރަބިއްޔާ ސްކޫލެއް އަޅަން ދެކޮޅެއް ނުހަދަން: ބެލެނިވެރިން

ހުޅުމާލޭގައި އަރަބިއްޔާ ސްކޫލެއް އެޅުމާ ދެކޮޅު ހަދާފައި ނުވާނެ ކަމަށް އެ ސުކޫލުގެ ބެލެނިވެރިން ބުނެފި އެވެ.

އަރަބިއްޔާ ބެލެނިވެރިން އެފަދައިން ބުނެފައި މިވަނީ، އަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން މި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް މަސައްކަތް ކޮށްފައިވާނެ ކަމަށާ، އެގޮތުން އެ ސްކޫލަށް ދާއިމީ ބިމެއް ހުޅުމާލެ އިން ހަމަޖައްސައި ދިނުމަށްވެސް މަސައްކަތް ކުރި ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވުމާއި ގުޅިގެންނެވެ. 

އެގޮތުން ޑރ. އާއިޝަތު އަލީ ވިދާޅުވީ، ހުޅުމާލެއިން ހަމަޖައްސައިދިން ބިމާއިމެދު އަރަބިއްޔާގެ ބެލެނިވެރިން ހިތްހަމަނުޖެހުނީ ކަމަށެވެ. 

"އަޅުގަނޑުމެން ހަމަޖެއްސިން ހުޅުމާލެ އިން 65،000 އަކަފޫޓުގެ ބިމެއް ވެސް ހުޅުމާލެ އިން. އެކަމަކު، އެ ބޭފުލުން [ބެލެނިވެރިން] ވިދާޅުވީ މާލެ އިން ބޭރަށް ދާކަށް ބޭނުމެއް ނޫނޭ. ދެން އަޅުގަނޑުމެން ދެއްކިން އިއްޒުއްދީން ސްކޫލު ވެސް. އެ ތަން ވެސް އެ ބޭފުޅުންނަށް ކަމުނުދިޔައީ،" މިނިސްޓަރު ވިދާޅުވިކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން އަރަބިއްޔާގެ ބެލެނިވެރިން ބުނީ، މިނިސްޓަރު އެފަދައިން ވިދާޅުވެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އެހެނީ އަރަބިއްޔާގެ ބެލެނިވެރިން ދެކޮޅު ހެދީ ހުޅުމާލޭގެ އެހެން ސްކޫލަކާ އަރަބިއްޔާ ސްކޫޅު އެއްކޮށްލަން ކަމަށާއި، އެހެން ނަމަވެސް، ހުޅުމާލޭގައި އަރަބިއްޔާ ސްކޫލެއް އެޅުމާ ދެކޮޅު ނުހަދާ ކަމަށެވެ. އަދި ދެވަނަ އަރަބިއްޔާ ހުޅުމާލޭގައި އަޅައިދިނުމަށް އެދި މިދިޔަ އަހަރުގެ ތެރޭގައި ޕެޓިޝަނެއްވެސް ހުށަހެޅިކަމަށްވެސް ބެލެނިވެރިން ބުނެފައިވެއެވެ.

ބެލެނިވެރިން ބުނި ގޮތުގައި ހުޅުމާލޭގައި އަޅާ ދެވަނަ އަރަބިއްޔާ ސްކޫލަކީ އެއީ 65000 އަކަފޫޓުގެ ތަނެއް ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން އެކަން ވަނީ މިދިޔަ އަހަރު ލިޔުމުން ކަށަވަރުކޮށްދީފައިވާ އިރު، އެ އަހަރު ތެރޭގައި ނައިބު ރައީސް އަރަބިއްޔާގެ ބެލެނިވެރިންނާ ބައްދަލުކޮށް އެތަން ހުންނާނެ ގޮތުގެ ފޮޓޯ ދައްކައި ސްކޫލު ހުންނާނެ ސަރަހައްދުވެސް ސާފުކޮށްދިން ކަމަށެވެ.

އެކަމަށް ބެލެނިވެރިން ދެކޮޅު ނުހަދާއިރު، އިއްޔެ ބޭއްވި ބައްދަލުވުމުގައިވެސް ބެލެނިވެރިން އެކަމަށް ދެކޮޅު ހެދި ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށާ، އެހެންނަމަވެސް، ބެލެނިވެރިން ދެކޮޅު ހެދީ ހުޅުމާލޭގެ ގާޒީ ސްކޫލާ އަރަބިއްޔާ ސްކޫލު އެއްކޮށްލުމަށް ކަމަށްވެސް ބެލެނިވެރިން ބުނެފައިވެއެވެ. 

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު އެ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖު ކުރިއެވެ.

އެ އިހުތިޖާޖުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ އަރަބިއްޔާގެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާށެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.

އޭގެ ފަހުން، އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ނިންމެވިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކުރެއްވިއެވެ.

އެގޮތުން ސަރުކާރުން މިހާރު ވަނީ ބާ ޖަމާލުއްދީން ބިމުގައި ޖަމާލުއްދީން ސްކޫލުގެ އިތުރު އިމާރާތަކާއި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެކަމަކު ބާ ޖަމާލުއްދީން ބިމުގައި ދެ ސްކޫލު އަޅަން ވެސް އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫނެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ވަގުތީ ގޮތުން ކިޔަވަމުން ގެންދަނީ ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.