ޝާހިދު ހުޅުދޫ-މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ:ޕީޕީއެމް
ހަބަރު
08 Nov 2022 | 18:06
ހުޅުދޫ-މީދޫއިން މި ސަރުކާރަށް "ނޯ" ބުނެފި: ޝާހިދު

ހުޅުދޫ-މީދޫ ގެ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފިކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ހުޅުދޫ-މީދޫއަށް ވަޑައިގެންފައެވެ. އަދި އެމަނިކުފާނު ބައިވެރިވެޑައިގެން އެ ރަށުގައި ވަނީ ޚާއްސަ ޖަލްސާއެއްވެސް ކުރިއަށް ގެންގޮސްފައެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަން ފައްޓަވަމުން ޝާޑު ވަނީ ހުޅުދޫ-މީދޫގެ ރައްޔިތުން ރައީސް ޔާމިންއަށް ކީ ހޫނު މަރުހަބާއިން ރައްޔިތުންގެ ވިސްނުން ފެނިގެންދާކަމަށް ވިދާޅުވެފައެވެ. 

ޝާޑު ވިދާޅުވީ ރައީސް ޔާމީންއަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ނިކުތުމުން އައްޑޫ ރައްޔިތުން މި ސަރުކާރަށް އޮތް ނުރުހުން ފެނިގެންދާކަމަށެވެ. މި ސަރުކާރަށް ހުޅުދޫ0މީދޫގެ ރައްޔިތުން ނޫނެކޭ ބުނެފިކަމަށާއި، ރައްޔިތުން ބޭނުންވަނީ އަލުން އަނބުރާ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްކަމަށް ޝާޑު ވަނީ ވިދާޅުވެފައެވެ. 

ޝާޑް އިތުރަށް ވިދާޅުވީ ރައީސް ޔާމިންގެ ޒައާމަތުގައި ހުޅުދޫ-މީދޫ ރައްޔިތުން އެދުނު ކަންތައްތައް ފުރިހަމަ ކޮށްދެއްވާފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ލީޑަރޝިޕާއި މެދު ރައްޔިތުން އިތުރު ސުވާލެއް ނުއުފައްދާކަމަށެވެ. 

ކޮމެންޓް
ޤަބުރޭ
ދެން ތިއޮތީ ނިމިފައު. ބޭފުޅާ......ދެން ހަބަރުވެސް ނާހާތި
09 Nov 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.