ރައީސް ޔާމީން އައްޑޫ ސިޓީގައި އޮތް ޖަލްސާއެއްގއި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
08 Nov 2022 | 19:13
ރައީސް ޔާމީން އެދިވަޑައިގަތީ އައްޑޫ ސިޓީއިން ދެއްކި ތާއީދު ވޯޓަށް ބަދަލުކޮށްދެއްވުމަށް!

އައްޑޫ ސިޓީއަށް ވަޑައިގަތުމުން ރައްޔިތުން ކީ ހޫނު މަރުހަބާއާއި ދެއްކެވި ތާއީދު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓަށް ބަދަލުކޮށްދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފިއެވެ. 

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަނީ އެ ސިޓީގެ ހުޅުދޫ-މީދޫއަށް ވަޑައިގެން ޚާއްސަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައެވެ. 

އެމަނިކުފާނު އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި ރަށްރަށުން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ގޮތުގައި ރައީސް ޔާމީންވެސް ފާހަގަކުރެއްވިއެވެ. 

އެއާއެކު ރައްޔިތުންނާއި މުޚާބަތުކުރައްވާ ރައީސް ޔާމިން ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ކީ މަރުހަބާއާއި ދެއްކެވި ދާއީދު ކުރިއަށް އޮތް އިންތިޚާބުގެ ވޯޓަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. 

"ތިބޭފުޅުން ތި ދެއްކެވި ތާއީދު ވޯޓަށް ބަދަލުކޮށްދެއްވާ. ތި ދެއްކެވި ތާއީދު އިންޑިއާ ސަރުކާރަށް މިހާރު މި އޮތް ސަރުކާރަށް ދައްކަވާ މިއީ ތިމަންނަމެންގެ ނަފްރަތޭ، ތިމަންނަމެންގެ ހިތްހަމަ ނުޖެހުމޭ. އިންޑިއާ ސިފައިން ބައިތިއްބައިގެން ކުރާ ކަންކަމަށް ބޮޑުކޮށް ނޫނެކޭ ބުނަމޭ، އެ ދައްކަވާ ދެއްވާ"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން 

ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ދިވެހިރާއްޖޭގެ މިނިވަންކަން ނެތުމާއި އޮތުމުގެ މައްޗަށް ބިނާވާ އިންތިޚާބެއްކަމަށެވެ. 

މި އިންތިޚާބުގައި ދިވެހި ވަންތަ ސިފަތަކެއް ބިނާކުރާނެ، ދިވެހިންގެ ވެރިކަމެއް ގާއިމުކުރުމަށް ޕީޕީއެމްއަށް ވޯޓުދެއްވުން މުހިންމުކަމަށާއި، ޕީޕީއެމްއާއި އަަލަށް ގުޅިވަޑައިގަންނަވާ ފަރާތްތައް އެ އަޒުމުގައި މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އަދި 2023 ޕީޕިއެމްއަށް ކާމިޔާބުކޮށްދިނުމަށް އައްޑޫ ސިޓީއިން ނަމޫނާ މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.