ރައީސް ޔާމީން އައްޑޫ ސިޓީގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދިޔަރެސް
ހަބަރު
08 Nov 2022 | 19:15
ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ހިތަދޫ އާއި ހުޅުދޫ-މީދޫ ބްރިޖަކުން ގުޅާލާނަން: ރައީސް ޔާމިން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ އައްޑޫ ސިޓީ ހިތަދޫއާއި ހުޅުދޫ-މީދޫ ބްރިޖަކުން ގުޅުވާލަދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

އައްޑޫ ސިޓީއަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިއަދު ހުޅުދޫ-މީދޫއަށް ވަޑައިގެންފައެވެ. އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، ރައީސް ޔާމީން ބައިވެރިވެވަޑައިގެން ވަރަށް ޚާއްސަ ޖަލްސާއެއްވެސް އެ ރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އައްޑޫ ސިޓީއަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ހުޅުދޫ-މީދޫގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ރައްޔިތުން ހިއްސާކުރައްވަމުން ގެންދަވާކަމަށާއި، އެގޮތުން ހުޅުދޫ-މީދޫ ހިތަދޫއާއި ގުޅިގެން ދިއުމަކީ ރައްޔިތުންގެ ހުވަފެނެއްކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. 

އެމަނިކުފާނު ބައިވެރިވެވައިގެން ކުރިއަށް ގެންދެވި ޖަލްސާގެ ވޯޑިއަމް ތައްޔާރުކޮށްފައިވަނީވެސް ހުޅުދޫ-މީދޫ ހިތަދޫއާއި ގުޅާލާ ބްރިޖެއް ފަރުމާކޮށްގެންނެވެ. 

އެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެކަމަކީ ރައްޔިތުން އެންމެ އެދޭ ގޮތްކަމަށްވާނަމަ ޕީޕީއެމްގެ ވެރިކަމެއްގައި ރައްޔިތުންގެ އެ ވައުދު ފުއްދަވާދެއްވާނެކަމަށް ވިދާޅުވެފައެވެ. 

"މި ބްރިޖް (ހިތަދޫއާއި ހުޅުދޫ-މީދޫ ގުޅުވާލާ ބްރިޖް) އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެޅިގެންދާނެ"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން 

އެއާއެކު ރައީސް ޔާމީން ވަނީ ލޯކަލް ގަވަމަންޓުގެ ދަށުގައި އޮތް ނަމަވެސް ރަށްރައް ތަރައްގީކުރުމަށް އޮތް ހުރަސްތައް ނައްތާލަން ޖެހޭކަމަށެވެ.

މި ސަރުކާރަށް ވާގިވެރިވެ އިންތިޚާބީ ހުރިހާ ގޮނޑިތަކެއްކަހަލަ ގޮތަކަށް އައްޑޫ ސިޓީއިން އެމްޑީޕީއަށް ދީފައިވާއިރު، ރައްޔިތުން ބޭނުންވާ ތަރައްގީ އައްޑޫއިން ނުފެންނައިރު، އެ މެމްބަރުންނާއި ރައްޔިތުން ސުވާލުކޮށް ރައްޔިތުންގެ ނުރުހުން ދައްކަން ޖެހޭކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.