ފޯޅަވަހީ މައްސަލާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ހަބަރު
09 Nov 2022 | 12:16
ފުށުއަރާ ސަރަހައްދުގައި މަސްވެރިކަން ކުރި ކަމުގެ ހެއްކެއް ނެތް: ރިފްއަތު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ސަރަހައްދުގައި ދިވެހިން މަސްވެރިކަން ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ދައުލަތުގެ އިދާރާތަކުގައި ޑޮކިއުމެންޓް ކުރެވިފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.

ޗާގޮސް އައިލެންޑްސްގެ އިމުގެ މައްސަލާގައި ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލާގައި މޮރިޝަސް ކޮޅަށް ވޯޓު ދިނުމުން ރާއްޖޭގެ ދެކުނުގެ މަސްވެރިކަމަށް ލިބިގެންދާ ގެއްލުންތަކާއިމެދު ސުވާލު ކުރުމުން ރިފްއަތު ވިދާޅުވީ، ރާއްޖޭގެ 200 މޭލުގެ އީއީޒެޑްގެ ތެރެއިން ފުށު އަރައިގެން ހިލާފު އުފެދިފައިވާ 4686 އަކަ ކިލޯމީޓަރުގެ ސަރަހައްދުގައި ދިވެހިން މަސްވެރިކަން ކުރި ކަމުގެ އެއްވެސް ހެއްކެއް ފިޝަރީޒް މިނިސްޓްރީ އަދި ކޯސްޓްގާޑަށް ލިބިފައި ނެތް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ، މަސްވެރިކަމުގެ ހައްގު އޮތް ކަމުގެ މައްޗަށް ބިނާކޮށް، އިން ކަނޑައަޅާ ރޮނގަށް ބަދަލުތަކެއް ގެނެވޭކަމަށެވެ. އެހެން ނަމަވެސް އެފަދަ ހައްގެއް އެ ސަރަހައްދެއްގައި އޮތް ކަމަށް ހެއްކާއި ގަރީނާއިން ސާބިތު ކޮށްދޭންޖެހޭކަމަށް އެނާ ފާހަގަކުރެއްވިއެވެ.

"ހެއްކެއް ނެތް ކަމެއްގައި ކިހިނެެއްތޯ އެއްވެސް ކޯޓެއްގައި ސާބިތު ކޮށްދޭނީ. ފިޝިން ރައިޓްސް އަކީ އިކުއި ޑިސްޓެންސް ލައިން އެޖަސްޓު ކުރުމަށް ބޭނުން ކުރެވޭ ހައްގެއް. އެކަމަކު އެ ހައްގު އޮތް ކަން ސާބިތު ކޮށްދޭން ޖެހޭ،" ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު އިތުރަށް ވިދާޅުވި ގޮތުގައި މަސްވެރިކަން ކުރި ކަމުގެ ހެކި ހުރުމުގެ އިތުރުން މަސްވެރިކަން ކުރާ ކަމަށް ރާއްޖޭގެ އިތުރުން މޮރިޝަސް އިން ވެސް ކޮންމެވެސް ސިފައެއްގައި ބަލައިގަނެފައި އޮންނަން ޖެހެ އެވެ. 

".. އަދި މޮރިޝަސްގެ ފަރާތުން ދިވެހިން އެތަނަށް ގޮސް އުޅުނު ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް އިއުތިރާފެއް އޮތީކީއެއް ނޫން، ދެން ކިހިނެއްތޯ ކޯޓުގައި އެ މައްސަލަ ބައްލަވަން ތިއްބެވި ނުވަ ޖަޖުން އެކަން ބަލައިގަންނާނީ،" ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު މިފަދައިން ވިދާޅުވެފައި ވާއިރު،އިމުގެ މައްސަލައިގައި ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ދިވެހި މަސްވެރިން އެތަނަކުން މަސްވެރިކޮށް ކޮށް ނަފާ ހޯދަމުން އަންނަ ކަނޑުގެ ބޮޑު ސަރަހައްދެއް (ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު) ގެއްލޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
23 Sep 2026
އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކާއެކު އަވަސް މުއްދަތެއްގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދީފައެވެ.
23 Sep 2026
ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯވެސް އިންޑިއާއަށް
ރޮނާލްޑީނިއޯ އާއި އޭނާގެ ޓީމް އިންޑިއާއަށް މި ކުރާ ދަތުރުގައި، އިންޑިއަން އޯލް-ސްޓާސްއާ ދެކޮޅަށް ކުޅޭ "ރިޓާން އޮފް ދަ ޓައިޓަންސް" ކެރެލާ އެޑިޝަން 2026' އެގްޒިބިޝަން ފުރަތަމަ މެޗް އޮންނާނީ މިއަދު ޖަވާހަރްލާލް ނެހުރޫ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.