މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ޖަލްސާ އެއްގެ ތެރެއިން: ފޮޓޯ/ރައީސް އޮފީސް
ހަބަރު
09 Nov 2022 | 14:35
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދިނުން މާދަމާރޭ

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ 8:30 ގައި ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. 

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން، އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށްވެސް އިނާމު ދެއްވާނެއެވެ.

މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީންނެވެ.ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.