ފުލުހުންނާއި އެމްއެންޑީއެފް މީޑިއާއަަށް މައުލޫމާތު ދެއްވަނީ: ފޮޓޯ/ޕޮލިސް
ހަބަރު
10 Nov 2022 | 11:37
ގިނަ އަދަދެއްގެ ގޭސްފުޅި ހުރި؛ އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގޭ!

ރޭ ދަންވަރު މ. ނިރުފެހިގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގި ގޮތާއި ސަބަބު އަދިވެސް ހޯދިފައިނުވާކަމަށާއި، އެކަން ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ހިނގި ހާދިސާ އާއި ގުޅިގެން ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ކޮން ބަޔަކު ކުއްޔަށް ދީގެން އުޅޭ ތަނެއްކަން ހޯދިފައިނުވާއިރު މިހާތަނަށް އައިއިރު މި ހާދިސާ ހިނގަން މެދުވެރިވި ވަކި ސަބަބެއްވެސް ދެނެގަނެވިފައިނުވާކަމަށެވެ.  

މީގެ އިތުރުން އާއްމުކޮށް މިފަދަ ކޮންމެ ހާދިސާ އަކާއި ގުޅިގެންވެސް ސްކޭމް ކޯލްތައް އަންނައިރު މި ހާދިސާ އާއި ގުޅިގެންވެސް އެފަދަ ކޯލްތައް އައިސްފާނެތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މިހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާއިރު އެމީހުން މަރުވި ގޮތާއި އަލިފާން ރޯވި ގޮތް ކަމަށް ބުނެ ފޮޓޯ ވީޑިއޯ ފެންނަ ލިންކުތައް އާންމުންނަށް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ހޯދަފާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އަދި ހަމައެހެންމެ، މި ހާދިސާގައި ގިނަ އާއިލާތަކަކަށް އެހީތެރިކަން ބޭނުންވެފައިވާއިރު އެހީއަށް އެދި ކަމަށް ބުނެ ފޯނުތައް ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް ފުލުހުން ވަނީ އެކަންކަމަށް ސަމާލުވެ އެ ފުރުސަތުތައް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

އަދި މި ނުރައްކާތެރި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ގަރާޖަކާއި އިންވެގެން ހުންނަ ގެއެއްގައި ކަމަށްވާއިރު ހާދިސާ ހިނގި ސަބަބެއް ނޭނގުނުނަމަވެސް އެ ގޭގައި ގިނަ އަދަދެއްގެ ގޭސްފުޅިތަކެއް ހުރިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިހާދިސާ އާއި ގުޅިގެން މިހާތަނަށް 10 މީހުން ނިޔާވެފައި ވާއިރު، 50 އަށްވުރެ ގިނަ މީހުންވަނީ އެންޑީއެމްއޭގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެފަރާތްތަކަށް އެހީވުމުގެ މަސައްކަތް އެ އޮތޯރިޓީން އަންނަނީ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.