އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ކޮމަޑާންޓް، ކާނަލް އިބްރާހިމް ރަޝީދު-- ފޮޓޯ: ޕީއެސްއެމް
ހަބަރު
10 Nov 2022 | 14:48
"ބިދޭސީން އުޅެމުންދިޔަ ތަނުގައި ކޮންމެ އެނދެއް ކައިރީހެން ގޭސް ފުޅިއެއް ހުރި"

ރޭގެ އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ބިދޭސީން ބިދޭސީން ދިރިއުޅެމުންދިޔައީ ކުދި ގޭބިސީ ތަކެއް ހަދައިގެން ކަމަށާ، އެތަނުގައި ކޮންމެ އެނދެއް ކައިރީ ގޭސްފުޅި އެއް ހުރި ކަމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ކޮމަޑާންޓް، ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ. 

އަލިފާނުގެ ހާދިސާއާއި ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ 2 ފަންގިފިލާގެ އިމާރާތުގައި ހުރީ ލަކުނޑިން ހަދާފައި ހުރި ކުޑަ ކޮޓަރިތަކެއްކަމަށާއި، އެތަނުގައި ގިނަ އަދަދެއްގެ ގޭސް ފުޅިތަކެއް ހުރި ކަމަށެވެ. 

އަދި އެ ކުދި ކޮޓަރިތަކުގައި 30 ވަރަކަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އައިރު، ކޮންމެ އެނދެއް ކައިރީގައިހެން ކުޑަ އުނދުނަކާއި ގޭސް ފުޅިއެއް ހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

"މި ގަރާޖަކީ ޢާންމު ގޮތެއްގައި ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އައި ތަނެއް. މިތަނުގައި އެބަހުރި ވަރަށް ބައިވަރު ގޭސް ސިލިންޑަރުތައް. އަދި ހަމަ އެއާއިއެކު ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ބިދޭސީން ކައްކަން ކޮންމެ އެނދެއް ކައިރި ކަހަލަ ގޮތަކަށް އެބަހުރި ގޭސް ފުޅިތައް. އެމީހުން ދިރިއުޅެމުން އައީ ކުދި ކުދި ބިސީތަކެއް ގޮތަށް. ވަރަށް ތޮއްޖެހިފަ ހުންނަ ގޮތަށް މިތަން އިމާރާތްކޮށްފަ މިހުރީ" ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކާނަލް ވިދާޅުވީ މިއިމާރާތުގެ ކޮޓަރިތަކުގައި ހުރީ އެންމެ ވެންޓިލޭޓަރެއް ކަމަށެވެ. އަދި އަލިފާން ހިފާފަދަ ޒާތުގެ ތަކެތި އިމާރާތްތަކުގެ އެތެރޭގައި ބަހައްޓަން ވާނީ ރަނގަޅަށް ހިމާޔަތްކުރެވި، ވެންޓިލޭޓްކުރެވިފައިވާ ތަންތަނުގައިކަމަށްވެސް ކާނަލް އިބްރާހިމް ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވެސް އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދާ ހާލަތްތައް ދެނެގަތުން މުހިންމުކަން ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.