ނަޓެއްލާ ބިސްކަޓް ޕުޑިން-- ފޮޓޯ: ގޫގުލް
ލައިފްސްޓައިލް
11 Nov 2022 | 07:04
މި ހުކުރު ނަޓެއްލާ ބިސްކަޓް ޕުޑިން ތައްޔާރު ކޮށްލަމާ!

މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ތައްޔާރު ކޮށްލަން ފަސޭހަ، އަނގަޔަށް މީރު ޑެޒާޓެކެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. 

ބޭނުންވާ ތަކެތި 

200ގ ޑާކް ޗޮކްލެޓް (ޗޮޕް ކޮށްފައި)

1 ނެސްލޭ ކްރީމް ދަޅު

1/2 ޖޯޑު ގެރި ކިރު

މާރީ ބިސްކޯދު

1 1/2 ޖޯޑު ނަޓެއްލާ

1 ޖޯޑު ފުލް ކްރީމް މިލްކް (ތާފަނާ)

ގާނިޝް ކޮށްލުމަށް ޗޮކޮލެޓް ކޮޅެއް ނޫނީ ކަނަމަދު/ކެޝޫ ނަޓް

ތައްޔާރުކުރާނެ ގޮތް 

1) ތަވައެއްގެ ތެރޭގައި މަޑު ގިނީގައި ޑާކް ޗޮކްލެޓް މެލްޓް ކޮށްލާށެވެ. ދެން އެއަށް ގެރި ކިރު އަޅާ އެކު ލަވާ ލުމަށްފަހު ނެސްލޭ ކްރީމް ވެސް އަޅާއި ރަނގަޅަށް އެކުލަވާލާފައި އުނދުން ނިއްވާލާށެވެ. 

2) އެއަށްފަހު، މާރީ ބިސްކޯދު ކިރުގެ ތެރެއަށްލައި ތެންމާލުމަށްފަހު ޓްރޭ އެއްގެތެރޭގައި ރީތިކޮށް އަތުރާލާށެވެ.

3) ދެން އޭގެ މަތީގައި ޗޮކޮލެޓް ލެޔާރ އެއް އަތުރާލާށެވެ. 

4) އެއަށްފަހު، ޗޮކޮލެޓް ލެޔާރ މަތީގައި އަނެއްކާވެސް ކުރިން އެތުރިގޮތަށް މާރީ ބިސްކޯދު ލެޔާރ އެއްް އެތުރުމަށްފަހު އޭގެ މަތީގައި ނަޓެއްލާ ލެޔާރ އެއް އަތުރާލާނީ އެވެ. 

5) ޗޮކޮލެޓް އަދި ނަޓެއްލާ ހުސްވަންދެން އެގޮތަށް ލެޔާރ އަތުރާށެވެ. އެންމެ މަތީގައި އިންނަންވާނީ ނަޓެއްލާ ލެޔާރ އެކެވެ. 

6) ދެން އޭގެ މައްޗަށް ޗޮކޮލެޓް ކޮޅު ގާނާލާށެވެ. ނޫނީ ކޮށާފައި ހުރި ނަޓްސް ބުރުވާލާށެވެ. މިހާރު އެހުރި ނަޓެއްލާ ބިސްކަޓް ޕުޑިން ތައްޔާރު ވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.