މާލެސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން--ފޮޓޯ/މާލެސިޓީ ކައުންސިލް
ހަބަރު
11 Nov 2022 | 08:01
ގަރާޖުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލައިފި!

މާލޭ ސިޓީގައި ހުރި ގަރާޖް ތަކާއި، ވޯކްޝޮޕް އަދި ކެމިކަލްގުދަންފަދަ ތަންތަން މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި ބޭނުންނުކޮށް އޮތް ސަރަޙައްދަށް ނަމަވެސް ބަދަލުކުރެވޭނެ އިންތިޒާމެއް ހަމަ ޖައްސައިދެއްވުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ. 

9 ނޮވެމްބަރު 2022 ވީ ބުދަ ދުވަހުގެރޭ މ. ނިރުފެހި ގޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ހާދިސާގައި ނިޔާވި ހުރިހާ މީހުންގެ އާއިލާއަށް ތައުޒިޔާ ދަންނަވައި މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، މާލޭ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މާލޭ ސިޓީގައި ދިމާވާ އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ކުރަމަށް ކަމަށެވެ.

އެގޮތުން މާލޭ ސިޓީގައި ހުރި ގަރާޖް ތަކާއި، ވޯކްޝޮޕް އަދި ކެމިކަލްގުދަންފަދަ ތަންތަން މާލޭގެ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ ގޮތުން  މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ ހޯދުމަށްފަހު މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރެވިފައިވާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ، މި ލޭންޑް ޔޫސް ޕްލޭން ފާސްވުމުން މާލޭސިޓީގެ މާލެއާއި ވިލިމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައިހުރި މިފަދަ ތަންތަން މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ވުމާއެކު، މާލޭ ސިޓީގައި ދިމާވާ މިފަދަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، މާލޭގެ އިންޑަސްޓްރިއަލް ވިލެޖަކީ މާލެ ސިޓީގައި އާންމުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ގަރާޖް ތަކާއި، ވޯކްޝޮޕް އަދި ކެމިކަލް ގުދަންފަދަ ތަންތަން ބަދަލުކުރުމަށް ކަނޑައަޅާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިދިނުމަށާއި އަދި މިހާރުން މިހާރަށްވެސް މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި ބޭނުންނުކޮށް އޮތް ސަރަޙައްދަށް ނަމަވެސް މިފަދަ ތަންތަން ބަދަލުކުރެވޭނެ އިންތިޒާމެއް ހަމަ ޖައްސަވައިދެއްވުމަށް ކަމާއި ގުޅުންހުރި އެންމެހައި އިދާރާތަކަށް ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ، މިފަދަ ހިތާމަވެރި ހާދިސާތައް މާލޭ ސިޓީގައި ހުއްޓުވޭނީ މިފަދަ ގަރާޖުތަކާއި ވޯކުޝޮޕްތައް ހިންގާ ފަރާތްތަކުން އަދި އެހެނިހެން މަސައްކަތް ކުރާ ފަރާތްތަކުންވެސް އެތަނެއްގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދޭންޖެހޭ އިސްކަން ދީގެން ކަން ފާހަގަކޮށް، މާލޭ ސިޓީގައި މިފަދަ މަސައްކަތްކުރާ ތަންތަން ހިންގާފަރާތްތަކުން ކުރިއަށް އޮތްތަނުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވުމަށް އެޅެންއޮތް އެންމެހައި ފިޔަވަޅުތައް އެޅުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް ކުރުމަށް ވެސް ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް ގޮވާލާފައެވެ. 

މިއާއެކު އެ ބަޔާނުގައި ވަނީ، މިހިގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަކީ ކޮބައިކަން ބައްލަވައި ނުވަތަ މިކަމުގައި ޝާމިލްވާ ފަރާތްތަކަކީ ކޮބައިކަން ބަލައި އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.