ތިލަފުށީގައި އަލަށް ހަދަމުންދާ ގުދަންތައް
ވިޔަފާރި
11 Nov 2022 | 08:27
ތިލަފުށީގައި މިވަގުތު 34 ކެމިކަލް ގުދަން، އިތުރު 18 ގުދަނުގެ މަސައްކަތް ކުރިއަށް!

ތިލަފުށީގައި މިވަގުތު 34 ކެމިކަލް ގުދަން އެބަހުރި ކަމަށާ, އަދި އޭގެ އިތުރުން، އިތުރު 18 ގުދަނުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ މާލޭގައި ހިނގާދިއަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބައެއް މީޑިއާތަކުން މާލޭގައި މިވަގުތު 18 ކެމިކަލް ވެއަރ ހައުސް ހުރިކަމަށް ބުނެ ފަތުރާފައިވާ ވާހަކަ އާއި ގުޅިގެން ވޮއިސް އަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ، މީގެ ކުރިން މާލޭގައި ކެމިކަލް ގުދަނެއް ގޮވައިގެން ހިނގި ހިތާމަވެރި ހާދިސާ އާއި ގުޅިގެން އެފަދަ ހުރިހާ ތަނެއް ތިލަފުށްޓަށް ބަދަލު ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކަާރުން އެޗްޑީސީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. 

އެގޮތުން، އެޗްޑީސީން ކުރި މަސައްކަތުން މިހާރު މާލޭގައި ހުރި 34 ކެމިކަލް ގުދަން ތިލަފުށްޓަށް ބަދަލުކުރެވިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކެމިކަލް ގުދަން ބޭނުންވެދާނެ ކަމަަށް ބަލައި، 18 ގުދަނެއް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާ، އެކަން ނިމުމަކާއި ގާތަށް އައިސްފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. 

"...އިތުރު ގުދަން ތަކެއް މިހާރު، އިންކޭސް ފިއުޗާގައިވެސް އިތުރު ގުދަން ތަކެއް އައިސްދާނެ ކަމަށް ބަލާފައި، އެޗްޑީސީން، އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްގެން ޑިވެލޮޕް ކުރެވެމުންދާ ތަނެއް. މިތަނަކީ، މިތަނުގައި 28 ވެއަރ ހައުސް ހަދަން ނިންމާފައިވާ ތަނެއް. ކުރީގައި އިންނާނެ 34 ގުދަނެއް ބަދަލު ކުރެވޭ ވަރުގެ ވެއަރ ހައުސް އެއް ހަދައި ދެވިފައި" އެޗްޑީސީން ބުންޏެވެ. 

މާލޭގައި 18 ކެމިކަލް ގުދަން ހުރިކަމަށް ބުނާ ވާހަކަ ދޮގުކޮށް އެޗްޑީސީން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އެ ބަޔާނުގައި އެޗްޑީސީން ބުނީ މާލޭގައި މިވަގުތު 18 ކެމިކަލް ވެއާރ ހައުސްއެއް ހުރިކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ އެއްވެސް ސައްޙަ މަޢޫލޫމާތަކަށް ބިނާކޮށް ގެނެސްދީފައިވާ ހަބަރެއް ނޫންކަމަށެވެ. އަދި މިވަގުތު ތިލަފުށީގައި 34 ކެމިކަލް ވެއަރ ހައުސްއެއް ޤާއިމުކުރެވިފައިވާކަމަށާއި އިތުރު 18 ވެއާރ ހައުސްއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ބަޔާނުގައި އިތުރަށް ބުނީ، އެއްވެސް ހާލަތެއްގައި އެ 18 ވެއާރ ހައުސްއަކީ މިވަގުތު މާލޭގައި ހުރި ތަންތަން ބަދަލު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި މަޢޫލޫމާތު ދީފައި ނުވާނެކަމަށެވެ. އެހެންކަމުން މިކަހަލަ ހައްސާސް ދަނޑިވަޅެއްގައި އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށާއި ޒިންމާދާރުކަން ކުޑަ ގޮތަކަށް ހަބަރު ފަތުރާ ފަރާތްތަކުން ހަބަރުތައް ގެނެސް ދިނުމަކީ އެ ކުންފުނިން ނުހަނު ހިތާމަ ކުރާކަމެއް ކަމުގައި އެޗްޑީސީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.