އަދާލަތު ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސް އިނާޒް މުހައްމަދު ދީދީ އާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ: ޕީޕީއެމް
ހަބަރު
11 Nov 2022 | 13:11
އަދާލަތު ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސްވެސް ޕީޕީއެމަށް!

އަދާލަތު ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސް އިނާޒް މުހައްމަދު ދީދީ އިދިކޮޅު ޕީޕީއެމް އާ ގުޅިވަޑައިގެންފި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ މިހާތަނަށް ވަޑައިގެންފައިވާ ހުރިހާ ރަށަކުންވެސް ޕީޕީއެމާއި ގިނަ ފަރާތްތަކެއް ގުޅިފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެ ގުޅުނު ފަރާތްތަކުގެ ފޯމާއި އެމަނިކުފާނު ވަނީ ހަވާލުވެވަޑައިގެންފައެވެ.

އެގޮތުން ޕީޕީއެމާއި ގުޅުނު މީހުންގެ ތެރޭގައި ހިތަދޫގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ދީދީގެ ދަރިކަލުން އަދި އަދާލަތު ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސް އިނާޒް މުހައްމަދު ދީދީ ހިމެނޭ ކަމަށް ޕީޕީއެމުން ބުނެއެވެ. 

އިނާޒުގެ އިތުރުން އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރު އިބްރާހިމް ނާޒިލް ކޮއްކޮ އާއި އެރަށު އެމްޑީޕީ ގެ ގިނަ މީހުން ޕީޕީއެމާއި ގުޅިފައިވާކަމަށް ޕީޕީއެމުން ބުނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ގެ މަންމަ އާއި އެ އާއިލާއަށް ނިސްބަތްވާ އިތުރު 6 މީހަކުވެސް ވަނީ ޕީޕީއެމާއި ގުޅިފައެވެ. 

ރައީސް ޔާމީން އައްޑޫސިޓީ އަށް ކުރައްވާ މިދަތުރު ފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރަށްރަށުގައި އޮތް ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.