ޝެއިޚް އަބްދުﷲ ބިން މުހައްމަދު
ހަބަރު
11 Nov 2022 | 15:40
"ދީނީ ކަންކަމުގައި ކުރީ ސަރުކާރާއި މި ސަރުކާރުގެ ތަފާތު ރައްޔިތުންނަށް ސާފުވާންޖެހޭ"

ދީނީ ކަންކަމުގައި ޢިލްމުވެރީންގެ ބަސް އަޑުއަހައި އެކަމަށް އިޖާބަ ދިނުމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުން ކަން ކުރެއްވި ގޮތާއި، އަދުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަން ކުރައްވަމުން އަންނަގޮތް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް ޖަމިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ވިދާޅުވެއްޖެއެވެ. 

30 އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު މާލޭގެ މެދުޒިޔާރަތުގައި އިހު ހުރި ގޮތަށް އަލުން ދިދަ ނަގަން މި ސަރުކާރުން ފެށުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޝެއިޚް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ‏ރާއްޖެއިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މެދުޒިޔާރަތް އާއްމުންނަށް ހުޅުވާލައިގެން ދައްކާލުމުގެ ހުރިހާ ތައްޔާރީއެއް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުން ކޮށްފައިވަނިކޮށް، ދީނީ ޢިލްމުވެރީން އެކަމަށް ނުރުހުން ފާޅުކުރުމާ ގުޅިގެން އެމަނިކުފާނު ޢިލްމުވެރިންނަށް އިޖާބަދެއްވައި އެކަން ހުއްޓުވާފައިވާ ކަމަށެވެ. 

އަދި އެފަދަ ކަންކަން ފެންނާން ހުރުމުން ރައީސް ޔާމީންގެ ސަރުކާރާ، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ސަރުކާރުގެ ތަފާތު ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ. 

"މިފަދަ އެތައްކަމެއް އަދާލަތު ޕާޓީއިން އިންކާރުނުކޮށް ތިއްބަވައި، ސަރުކާރު ދިފާޢު ކުރައްވަމުން ދިއުމީ ޕާޓީގެ އިތުބާރު ގެއްލުނު ސަބަބެވެ." ޝެއިޚް އަބްދުﷲ ވިދާޅުވިއެވެ. 

ގާތްގަނޑަކަށް 30-35 އަހަރުގެ މެދުކެނޑުމަކަށް ފަހު މެދުޒިޔާރަތުގައި ދިދަ ނަގަން ފެށީ އިއްޔެ އެވެ. އެ ޒިޔާރަތުގައި ހުރި ދިދަ ދަނޑިތަކުގައި މިހާރު ހުރީ ރާއްޖޭގައި އެންމެ އިހުޒަމާނުގައި ވެސް ހުންނަ ގޮތަށް ހުދު ދިދަ ނަގައިފަ އެވެ.

ރާއްޖޭގެ ސަގާފަތާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުން ބުނެފައިވާ ގޮތުގައި މެދުޒިޔާރަތުގައި އަލުން ދިދަ ނަގަން ފެށީ މާލޭގައި ހުރި އާސާރީ ތަންތަން ކުރީގައި ހުރި ގޮތަށް އަނބުރާ އިއާދަކޮށް، ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމަށް އެ މިނިސްޓްރީއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެހެންނަމަވެސް، މި ކަމަކީ ބިދުޢަ އަކަށް މަގުފަހި ވެގެން ދާނެ ކަމެއް ކަން ފާހަގަކުރައްވައި ގިނަ ޢިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.