ސައީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
12 Nov 2022 | 17:44
މަސްވެރިންނަށް ސަރުކާރުން ފައިސާއެއް ނުދޭ، ރައްޔިތުން ވީ ސަރުކާރަށް ޓެކްސް ދައްކަން؟

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދައްކާއިރު ރައްޔިތުން ސަރުކާރަށް ޓެކްސް ދައްކަންވީތޯ އައްސަވާ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނުރުހުން ފާޅުކުރައްވައިފިއެވެ. 

މަސްކިރުމަށްފަހު ފައިސާ ނުދައްކާތީ ލ، ތ އަދި ބ އަތޮޅުގެ މަސްވެރިން މިއަދު ވަނީ މާންދޫ ފިޝަރީސް ކޮންޕްލެކްސްގައި އިހުތިޖާޖުކޮށްފައެވެ. 

އެ އިހުތިޖާޖުގެ ބައެއް ފޮޓޯތައް ޓްވީޓާގައި ހިއްސާކުރައްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭނި މަސްކޮޅަށް ފައިސާ ނުލިބިގެން މަސްވެރިން ޝަކުވާ ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާއިރު، ސަރުކާރުން އެ ޝަކުވާތަކަށް އިޖާބަދީފައި ނުވާކަމަށެވެ. 

މަސްވެރިން ބޭނި މަސްކޮޅަށް ފައިސާ ހޯދުމަށް މަސްވެރިންދަނީ ސަލާން ޖަހަމުންކަމަށާއި، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަމަށް ސައީދު ވިދާޅުވިއެވެ. 

އެއާއެކު ސައީދު ވަނީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް އުޒުވެރިވަމުން ދާއިރު އަދިވެސް ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަންވީތޯ އައްސަވާ ސުވާލު ކުރައްވާފައެވެ. 

މާންދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި މަސްވެރިން ބޭނުންކުރި ބެނާއެއް 

މަސްވެރިން ބާނާ މަސްކޮޅަށް ސަރުކާރުން ފައިސާ ނުދީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރަން މަސައްކަތް ކުރުމާއި ގުޅިގެން ސައީދު ނުރުހުން ފާޅުކުރައްވާފައިވާއިރު، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރައްޔިތުން އަތުން ނަގާ ޓެކްސް 6 އިންސައިން 8 އިންސައަށް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

އެ ނިންމުމަށް މަޖިލީހުގައި ބައެއް މެމްބަރުން ދެކޮޅު ހަދަމުން ދިޔަނަމަވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ސަރުކާރުން އެދިފައިވާ ގޮތަށް ޓެކްސް ބޮޑުކުރާ ބިލު ފާސްކުރުމަށް ވިޕް ނެރެފައެވެ. އަދި އެ ވިޕާއި ޚލާފުވާ މެމްބަރުންނާއި ދޭތެރޭގައި ފިޔަވަޅު އަޅާނެކަމަށް އަންގާ އިންޒާރުދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.