ހަބަރު
15 Nov 2022 | 20:20
ޢަރަބި ބަސް ދަސްކުރަން ބޭނުން ކުދިންނަށް ޢިލްމު އިންސްޓިޓިއުޓުން ޚާއްސަ ޕްރޮގްރާމެއް

ކުޑަކުދިންނަށް ޢަރަބި ބަސް އުނގަންނައިދިނުމަށް ޢިލްމު އިންސްޓިޓިއުޓުން ޚާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައި އެ ޕްރޮގްރާމް ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ޢިލްމު އިންސްޓިޓިއުޓުން ބުނީ، މިއީ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤްޞަދުގައި، ޢިލްމު އިންސްޓިޓިއުޓުން ފަށާ މަޝްރޫޢެއް ކަމަށެވެ.

އަދި މި މަޝްރޫޢުގެ އަމާޒަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެއްގެ ތެރެއިން، މަރުޙަލާތަކަކަށް ބަހާލެވިގެން ފަރުމާ ކުރެވިފައިވާ މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށް ހެދުމާ އެކު، ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ މާނަ ފަސޭހަކަމާ އެކު ދެނެގަތުމުގެ ޤާބިލުކަން ހުރި ޖީލެއް ބިނާކުރުން ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ. 

ކިޔަވައި ދިނުން ކުރިއަށް ގެންދާނެ ގޮތް

ޢިލްމު އިންސްޓިޓިއުޓުން ބުނީ، މި ޕްރޮގްރާމްގައި ކިޔަވައި ދިނުން އެއްކޮށްހެން ކުރިއަށް ގެންދާނީ ޢަރަބި ބަހުން ކަމަަށެވެ. މިޕްރޮގްރާމުގައި ހަމައެކަނި ފޮތްބައެއް ނިންމާލަން އުޅުމުގެ ބަދަލުގައި އެ އިންސްޓިޓިއުޓުން އިސްކަންދޭނީ އެދަރިވަރަކު ކިޔަވަމުން ދާ މަރުޙަލާއެއްގައި ޙާޞިލު ވާން ޖެހޭ ބަހުގެ ހުނަރުތައް އެންމެ ރަނގަޅަށް ޙާޞިލުވެގެން އަނެއް މަރުޙަލާއަށް ބަދަލުވެ، ޕްރޮގްރާމް އެއްކޮށް ނިންމާލުމަށް ކަމަށްވެސް ބުނެފައިވެއެވެ. 

އެގޮތުން މުޅި ޕްރޮގްރާމް ނިމޭ އިރު، ޢަރަބި ބަހުން މުޢާމަލާތް ކުރުމާއި ޢަރަބި ބަހުން ލިޔެވިފައިވާ ތަކެތި ފަހުމް ވުމަށް ބޭނުންވާ އެންމެހާ ހުނަރުތަކެއް ދަރިވަރުންނަށް ރަނގަޅަށް ޙާޞިލު ކުރެވޭނެ ކަމަށާ، އަދި އެ ދަރިވަރުން ޢަރަބި ބަސް ނުވަތަ އެބަހާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރިހަމައަށް ތައްޔާރުވެފައިވާނެ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ. ހަމަ އެހެންމެ ޢަރަބި ބަހުން އޯ ލެވެލް އިމްތިޙާނު ހަދަން ބޭނުންވެއްޖެ ދަރިވަރަކަށް އެ އިމްތިޙާނު ހަދައި، މަތީ ނަތީޖާއެއް ހޯދޭ ފެންވަރު އެކުދިންގެ ކިބައިގައި ހުންނާނެއެވެ

އަމާޒުކުރެވޭ އުމުރުފުރާ

ޢިލްމު އިންސްޓިޓިއުޓުން ބުނީ މި ޕްރޮގްރާމް އަމާޒުކުރެވޭނީ 7 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާގެ މަދަރުސީ ތަޢުލީލމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކަމަށެވެ. އަދި ދަރިވަރު ޕްރޮގްރާމް ފެށުމަށްފަހު އެދަރިވަރުގެ އުމުރު 16 އަހަރު ފުރުނު ނަމަވެސް އެދަރިވަރަކަށް ޕްރޮގްރާމް ނިންމުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށާ، 16 އަހަރު ފުރޭ ދަރިވަރުން، އެމް.ކިޔު.އޭ ޢަރަބި ކޯސްތަކަށް ބަދަލުވާން އެދޭ ނަމަ، އެ ފުރުސަތުވެސް މަގުފަހި ކޮށްދެވޭނެ ކަމަށެވެ. 

ކުލާސްތައް ކުރިޔަށްދާނެ ގޮތާއި ގަޑިތައް

ޢިލްމު އިންސްޓިޓިއުޓުން ކުރިއަށް ގެންދާ މި ކުލާސްތައް ކުރިޔަށްގެންދެވޭނީ، ހަފްތާއަކު 5 ދުވަހު، ހެނދުނު ދަންފަޅިއާއި މެންދުރުފަހު ދަންފަޅިއަށް ބަހާލައިގެން ކުލާހަށް ހާޒިރު ވެގެން ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ. އަދި ހެނދުނު ދަންފަޅި އަމާޒުކުރުވެނީ މެންދުރުފަހު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކުރެވޭއިރު މެންދުރުފަހު ދަންފަޅި އަމާޒުކުރެވެނީ ހެނދުނު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ދަރިވަރު ކިޔަވަން ހާޒިރުވާނެ ސީދާ ދުވަސްތަކާއި ގަޑިތައް ކަނޑައެޅިގެންދާނީ، ފެންވަރު ވަޒަންކުރުމުގެ އިމްތިޙާނު ނިމުމުން ކަމަށްވެސް ޢިލްމު އިންސްޓިޓިއުޓުން ބުނެއެވެ. 

މީގެ އިތުރުން ޢިލްމު އިންސްޓިޓިއުޓުން ބުނީ، މި ޕްރޮގްރާމް ގައި ބައިވެރިވާ ދަރިވަރުން ފީ އެއްގެ ގޮތުގައި މަހަކު 800 ރުފިޔާ ދައްކަންޖެހޭނެ ކަމަށާ، އަދި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އިލްމް އިންސްޓިޓިއުޓްގެ ހޮޓްލައިން: 7707997 އަށް ގުޅުމުން ލިބިގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.