ޑރ ޖަމީލު ހަފްލާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވަން
ހަބަރު
16 Nov 2022 | 12:26
ރައީސް ސޯލިހުގެ ވެރިކަމަށް އަވައްޓެރިން ޖޯކު ޖަހަން ފަށައިފި: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަމުންދާ ގޮތަށް، އަވައްޓެރި ގައުމުތަކުން ޖޯކުޖަހާ މަލާމާތްކުރަން ފަށައިފިކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި ނަމަވެސް ރައްޔިތުން ތިބީ ރައީސް ސޯލިހުގެ ވެރިކަން ނިންމަން ކެތްމަދުވެފައި ކަމަށެވެ. 

މިވެރިކަމުގައި ގައުމުގެ ހުރުމަތް ކަނޑާލައިފިކަމަށާއި، ގައުމުގެ މައްޗަށް އަމިއްލަ ބާރެއް މިހާރު ނުހިނގާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް ސޯލިހު ވެރިކަން ކުރައްވަމުންދާ ގޮތުން އަވައްޓެރި ގައުމުތަކުން މަލާމާތް ކުރަމުންދާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

ޑރ ޖަމީލުގެ އެ ޓްވީޓުގައި ވަނީ ޝާހިދުއަށް ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. 

ޑރ ޖަމީލު ޝާހިދު ސިފަކުރައްވާފައިވަނީ މި ވެރިކަމުގެ އަނދިރިއަދިރިންގެ ގޮތަށެވެ. ޝާހިދު މުސާރަ ނަންގަވައިގެން އެއްވެސް ޚިދުމަތެއް ނުކުރައްވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

ރައީސް ސޯލިހުގެ ވެރިކަމަށް ޑރ ޖަމީލު ފާޑުވިދާޅުވެފައިވާއިރު، ސަރުކާރަށް ނިސްބަތްވާ ބައެއް އެމްޑީޕީ މަޖިލިސް މެމްބަރުންވެސް ގެންދަވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ ވަކާލާތު ކުރައްވަމުންނެވެ. 

ކޮމެންޓް
އިއްބެ
ރައީސްޔާމީނުގެވެރިކަމަށްފުރަތަމަޖޯކުޖެހީކާކު އެއީޑރޖަމީލު
16 Nov 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.