އައިޖީއެމްއެޗް
ހަބަރު
17 Nov 2022 | 11:00
ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހާއި ގުޅިގެން އައި.ޖީ.އެމް.އެޗުގައި ހަރަކާތްތަކެއް

ބައިނަލްއަގުވާމީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހާއި ގުޅިގެން އައި.ޖީ.އެމް.އެޗުގެ ކުޑަކުދިންގެ ޚާއްސަ ޑިޕާޓްމަންޓާއި އަންހެނުންގެ ޚާއްސަ ޑިޕާޓްމަންޓް ގުޅިގެން ގިނަ ހަރަކާތްތައް ހިންގުމަށް ހަމަޖެހިއްޖެއެވެ. 

އައިޖީއެމްއެޗް އިން ބުނީ މި ދުވަހާއި ގުޅިގެން، މިރޭ އައި.ޖީ.އެމް.އެޗުގައި ދުވަސް ނުފުރާ ވިހާ ކުދިންގެ ބެލެނިވެރިންނަށް ބާއްވާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާ، އަދި މާދަމާ ސޯޝަލްސެންޓަރުގައި އާއިލީ ހަވީރެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު އެން.އައި.ސީ.ޔޫގައި އެޑްމިޓްކުރެވުނު ކުދިންގެ އަދަދަކީ 633 އެވެ. އޭގެތެރެއިން %36 ކުދިންނަކީ ދުވަސްނުފުރާ އުފަންވި ކުދިންނެވެ. ކުރިއަރާފައިވާ ގައުމުތަކާ އަޅާބަލާއިރު އައި.ޖީ.އެމް.އެޗްގެ އެން.އައި.ސީ.ޔޫގައި ދުވަސް ނުފުރާ އުފަންވާ ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރެވޭ ނިސްބަތް ރަނގަޅުކަން ފާހަގަކުރަމެވެ. 2021 ވަނަ އަހަރަށް ބަލާއިރު 28 ހަފްތާއާއި 32 ހަފްތާއާއި ދެމެދު އުފަންވާ ކުދިން ސަލާމަތްކުރެވުނު ރޭޓަކީ %86 އެވެ. އަދި 32 ހަފްތާއާއި 36 ހަފްތާއާއި ދެމެދު އުފަންވާ ކުދިން ސަލާމަތްކުރެވުނު ރޭޓަކީ %98 އެވެ. 2021 ވަނަ އަހަރު ފުރާނަ ސަލާމަތްކުރެވުނު އެންމެ ޅަކުއްޖަކީ 24 ހަފްތާގައި އުފަންވެފައިވާ ކުއްޖެކެވެ.

2021 ވަނަ އަހަރު އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް 16 ކުއްޖަކު އިތުރު ފަރުވާއަށް ފޮނުވާފައިވެއެވެ. މީގެ ތެރެއިން 5 ކުދިންނަކީ އުފަންވިއިރު ހިތުގެ އައިބުތައް ހުރުމުން ހިތުގެ ޚާއްސަ ފަރުވާތަކަށް ރާއްޖެއިންބޭރަށް ފޮނުވުނު ކުދިންނެވެ. 7 ކުދިންނަކީ ޖެނެޓިކް އަދި މެޓަބޮލިޒަމް މައްސަލަތަކަށް އިތުރު ފަރުވާއަށް ބޭރަށް ފޮނުވުނު ކުދިންނެވެ. އަދި 4 ކުދިންނަކީ ގޮހޮރުގެ އޮޕަރޭޝަންތަކަށް ފޮނުވުނު ކުދިންނެވެ. 

ކުޑަކުދިންގެ ޚާއްސަ ޑިޕާޓްމަންޓުގެ ދަށުން ހިންގާ އެން.އައި.ސީ.ޔޫގައި 2021 ވަނަ އަހަރުގައި ކުޑަކުދިންގެ ބަލިތަކުގެ ޚާއްސަ 11 ޑޮކްޓަރުންނާއި 14 މެޑިކަލް އޮފިސަރުން އަދި 34 ނަރުހުން ވަނީ މަސައްކަތް ކުރައްވާފައެވެ.

ކުރިއަށްއޮތްތަނުގައިވެސް ދުވަސްނުފުރާ އުފަންވާކުދިންގެ ފުރާނަަ ސަލާމަތްކުރުމަށާ އެކުދިންނާއި، އެކުދިންގެ ޢާއިލާތަކަށް އަދަށްވުރެ ފަހި މާދަމާއެއް ގެނެސްދިނުމަށް މި ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ނިއޯނޭޓޮލޮޖިސްޓުންގެ ޚިދުމަތް ތައާރަފު ކުރެވުމުން މުވައްޒަފުންނާ ތަފާތުވަސީލަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. 

ބައިނަލްއަޤްވާމީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. ދުވަސް ނުފުރާ ވިހާ ކުދިންކަމަށް ބަލަނީ 37 ހަފްތާނުވެ އުފަންވާ ކުދިންނެވެ. އެކުދިންނަށް ރަނގަޅު ފަރުވާތަކެއްދިނުމަށް އައި.ޖީ.އެމް.އެޗްގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެން.އައި.ސީ.ޔޫ) އާއި އެހެނިހެން ތަފާތު ޑިޕާޓުމަންޓްތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.