ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް-- ފޮޓޯ/ސަންް
17 Nov 2022 | 11:59
ބްރިޖު ނުފެނިގެން މިއުޅެނީ؛ ޕްލެޓްފޯމް ގަނޑެއް ނަމަވެސް އަޅާލަން ފެންނަނީ: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ހަތަރު އަހަރު ވެގެން ދިޔަ އިރު އަދިވެސް ތިލަމާލެ ބްރިޖު ފެންނަން ނެތް ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.  

ރޭ ސަންގު ޓީވީ ބޭއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތުގައި ގެންނެވީ އަތްލެވޭ ތަރައްގީކަމަށާއި އެމަނިކުފާނުގެ ތަރައްގީގެ މަޝްރޫއުތައް ހުރީ ފެންނަންކަމަށެވެ. ނަމަވެސް މިސަރުކާރުން 650 މިލިއަން ޑޮލަރު ހޭދަކޮށްގެން އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލު ކޮށްގެން އަޅަން ތައްޔާރުވަމުންދާ ތިލަމާލެ ބްރިޖުން އަދިކިރިޔާ ފެނުނީ އެންމެ ދަގަނޑެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ރައީސް ޔާމީންގެ ޒައާމަތުގައި އެ އޮތީ ބްރިޖެއް އަޅާފައި، އެ ބްރިޖު އަޅަން ވެގެން އެންމެ ފުރަތަމަ ޓެމްޕޮރަރީ ޕްލެޓްފޯމެއް އެޅީ، އަޅުގަނޑު ހިތަށް އަރަނީ އެވަރުގެ ޕްލެޓްފޯމުގަނޑެއްނަމަވެސް މިތަނުގައި އަޅައިލަންވީ ނޫންހޭ، ބްރިޖޭ ކިޔާފަ. ނުފެނިގެން އަދި މި އުޅެނީ" ޝިޔާމް ވިދާޅުވިއެވެ.

މިއާއެކު ޝިޔާމް ވިދާޅުވީ، ޕްލެޓްފޯމް ބާޖު އިރުކޮޅުކޮޅާ ވިލިނގިލި ފަރަށް ލައްގަމުންދާއިރު، އެ ބްރިޖު އަޅާ ނިމޭއިރު ވިލިނގިލިވެސް އޮންނާނެހެން ހީނުވާކަމަށެވެ. 

މީގެއިތުރުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ ހަތަރު އަހަރު ނިމިގެން ދިޔައިރު، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެއްޖެކަމަށާއި މިސަރުކާރުން ބޯހިޔާވަހިކަމަށް ކުރެވުނު އެއްވެސް މަސައްކަތެއްވެސް ނެތްކަމަށެވެ. 

"އާއްމު ރައްޔިތަކަށް ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީ އިތުރެއް ނުވޭ، ރައްޔިތުން ދަރަނިވެރިވޭ އެބަ، ކަންމަތީ ފިހާރަތަކަށް ރައްޔިތުން މިތިބީ ދަރާ، ބޭންކުގައި ލުއި ލޯނެއް އޮތަސް މިތިބީ ދަރާ" ޝިޔާމް ވިދާޅުވިއެވެ.

މިފަދަ ސަބަބުތަކާއި ހުރެ، މި ސަރުކަާރު ވެގެން ގޮސްފައި މިވަނީ ރައްޔިތުންނަށް ވަރަށް ތަކުލީފު ޖެއްސި ހަތަރު އަހަރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.