ދީނީ ޢިލްމުވެރިޔާ ޝެއިޚް އަހުމަދު ސަމީރު
ހަބަރު
17 Nov 2022 | 12:32
ދަރިން ސުކޫލަށް ފޮނުވަނީ ނާޗަރަންގީ ކުޅުވަން ދަސްކޮށްދޭކަށް ނޫން: ޝެއިޚް ސަމީރު

ދަރިން ސްކޫލަށް ފޮނުވަނީ އެކުދިން ލައްވައި މިޔުޒިކާއި ނާޗަރަންގީ ކުޅުވައި އެމަގުން ކުރިޔަށްދާން ދަސްކޮށްދޭކަށް ނޫންކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.  

އުކުޅަހު ސުކޫލު ޕްރީސުކޫލް ދަރިވަރުން މިއުޒިކާއި އެކު ނަށުވަން ދެކޮޅު ހެދި ތިން ޓީޗަރުން ސަސްޕެންޑްކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޝެއިޚް ސަމީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ދަރިން ސްކޫލަށް ފޮނުވަނީ އިސްލާމީ ތަޢުލީމާއި ތަރުބިޔަތު ދޭން ކަމަށެވެ. 

"ސްކޫލަށް ފޮނުވަނީ އެކުދިން ލައްވައި މިޔުޒިކާއި ނާޗަރަންގީ ކުޅުވައި އެމަގުން ކުރިޔަށްދާން ދަސްކޮށްދޭކަށް ނޫން!މި މަގުން ދަރިން ތަކެއް ހަލާކު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ!" ޝެއިޚް ސަމީރު ވިދާޅުުވިއެވެ.  

މިއާއެކު ޝެއިޚް ސަމީރު ވަނީ ކުދިންނާމެދު ހެއްދެވި ފަރާތަށް ބިރުވެތި ވުމަށް ތަޢުލީމީ ދާއިރާގެ އެންމެހައި ބޭފުޅުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. 

އުކުޅަހު ސުކޫލު އެ ތިން ޓީޗަރުން ސަސްޕެންޑް ކޮށްފައި ވަނީ، އެ ކުލާސް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި މިއުޒިކާއި އެކު ދަރިވަރުން ނެށުވުމަށް އިންކާރު ކުރުމާއި ގުޅިގެން އެ ޓީޗަރުންނަށް އެކި ފަހަރު މަތިން އިންޒާރުވެސް ދިނުމަށްފަހުގައެވެ. 

އަދި މިއުޒިކާއި ނުލައި ދަރިވަރުން ލައްވައި ނަށުވަން ތައްޔާރު ކަން ޓީޗަރުން ބުނަމުން ދިޔައިރުވެސް ޕްރިންސިޕަލް ވަނީ މިއުޒިކާއި އެކު އެ ކޮންސާޓުގެ ނެށުން ކުރިއަށް ގެންދިޔުން ނޫން އިތުރު "ޗޮއިސް" އެއް ޓީޗަރުން ނަށް ނެތް ކަމަށާއި، އެއީ ކަރިކިއުލަމް ގައިވެސް ބުނެފައިވާ ގޮތް ކަމަށާ، އެގޮތަށް ޢަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.