ވިޔަފާރި
18 Nov 2022 | 16:19
ގިނަ ވަޒީފާތަކާއިއެކު އެޗްޑީސީގެ ސްޓޯލެއް ނޭޝަނަލް ސްކްލްސް އެންޑް ކެރިއާރ އެކްސްޕޯ އަށް

"ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ"ގެ ނަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް ގުޅިގެން ބާއްވާ އެކްސްޕޯގައި އެޗްޑީސީން ވަނީ ބައިވެރިވެއްޖެއެވެ.

މި އެކްސްޕޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 18-19 ނޮވެމްބަރ 2022ގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. 

އެޗްްޑީސީން ބުނީ، މި އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލް ނަންބަރ 15 އިން އާންމުންނަށް އެކި މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އެގޮތުން، ވަޒީފާގެ ފުރުސަތުތަކާއި ވަޒީފާއަށް ކުރިމަތިލުމުގައި އޮންނަ މަރުހަލާތަކާއި އަދި އާންމުންނަށް ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާނެ އެހެނިހެން އެހީތެރިކަންވެސް މި ސްޓޯލުން ލިބިގެންދާއިރު އެޗްޑީސީގެ ރެކްރޫޓްމެންޓް ޕޯޓަލްއަށް ރެޖިސްޓްރީކޮށްގެން ވަޒީފާއަށް ހުށަހަޅާނެ ގޮތުގެ މައުލޫމާތުވެސް ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. 

މީގެއިތުރުން، އެޗްޑީސީން ވަނީ އެކި ދާއިރާތަކުން 19 ވަޒީފާ އިއުލާންކުރުމަށްވެސް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އޭގެތެރޭގައި، އެސިސްޓެންޓް ޑިވެލޮޕްމެންޓް ކޮންޓްރޯލް އޮފިސަރ، އެސިސްޓެންޓް އެސްޓޭޓް އޮފިސަރ، އެސިސްޓެންޓް މެއިންޓެނެންސް އޮފިސަރ، ކާޕެންޓަރ، ޑިވެލޮޕްމަންޓް ކޮންޓްރޯލް އޮފިސަރ، ޑްރައިވަރ، އެސްޓޭޓް އޮފިސަރ، އިރިގޭޝަން ޓެކްނީޝަން، އައިޓީ ބިޒަނަސް އެނަލިސްޓް، މޭސަން، ނެޓްވޯކް ކޯ އިންޖިނިއަރ، ޕްރޮޖެކްޓް މޮނިޓަރިންގ އޮފިސަރ، ކޮލިޓީ އޮޑިޓަރ، ކުއޭންޓިޓީ ސާވެއަރ، ރިސާޗް އެނަލިސްޓް، ސޭލްސް އޮފިސަރ، ސެކިއުރިޓީ އެސިސްޓެންޓް، ސަޕޯޓް ސްޓާފް އަދި ސާވޭއިން އެސިސްޓެންޓް ހިމެނޭ ކަމަށް އަދި މި ހުރިހާ ވަޒީފާތަކަށްވެސް ހުށަހެޅޭނީ އެޗްޑީސީގެ ރެކްރޫޓްމެންޓް ޕޯޓަލް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެއެވެ. 

އެޗްޑީސީން އިތުރަށް ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ގިނަ ދާއިރާތަކަށް ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.