ހުޅުމާލޭ ހުންނަ ރެހެންދި ސުކޫލު--ފޮޓޯ: އަވަސް
ހަބަރު
21 Nov 2022 | 13:20
ކެޑޭޓު ހަރަކާތެއްގައި އަންހެން ކުދިންތަކެއްގެ ހެދުން ބާލުވައި ފެންޖަހައިފި

ހުޅުމާލޭ ހުންނަ ރެހެންދި ސުކޫލުގައި ކުރިއަށްގެންދިޔަ ކެޑޭޓު ހަރަކާތެއްގެ ތެރެއިން އެ ސުކޫލުގެ އަންހެން ދަރިވަރުންގެ ހެދުން ބާލުވައި އެ ކުދިން ގަޔަށް ޕްރެޝަރުގައި ފެންޖެހި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅިގެން 'ވޮއިސް' އަށް މައުލޫމާތު ދެމުން އެތަނުން ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ، މި މަހުގެ 10، 11، އަދި 12 ވަނަ ދުވަހު އެ ސުކޫލުގައި ބޭއްވި މި ހަރަކާތުގައި ބައިވެރިވި ގުރޭޑު 8، 9، އަދި 10 ގެ އަންހެން ކުދިންތަކެއް، އަންހެން ފާޚާނާ ބަރި ކައިރިއަށް އެއްކޮށް އެ ކުދިން ލައިގެން ތިބި ހެނދުންތައް ބޭލުމަށް އަންހެން އިންސްޓްރަކްޓަރެއް އަމުރު ކޮށްފައިވާކަމަށެވެ. އަދި އެފަދައިން ކަން ކުރަން ދެކޮޅު ހެދި ކުދިންނާ ދިމާއަށް ބާރަށް ހަޅޭލަވައި އެކަން ކުރަން އެކުދިންނަށް އެ އިންސްޓްރަކްޓަރ މަޖުބޫރުކުރި ކަމަށްވެސް ބެލެނިވެރިޔާ ބުންޏެވެ. 

އަދި އެ ކުދިން ހެދުމުގެ އެތެރެއިން ލައިގެން ތިބި އަންޑަރ ގާމެންޓްސް ފިޔަވައި އެހެން ހުރިހާ އެއްޗެއް ބާލުވައި، ބާރު ޕްރެޝަރުގައި އެކުދިންގަޔަށް އެ އިންސްޓްރަކްޓަރ ފެން ޖަހާފައިވާއިރު، އޭގެ ސަބަބުން ގިނަ ކުދިންނަށްވަނީ ނަފްސާނީ ގޮތުންވެސް އަސަރު ކޮށްފައިވާކަން ބެކެނިވެރިޔާ ފާހަގަކޮށްފައިވެއެވެ. 

މީގެ އިތުރުން އެވަގުތު އެ ސަރަހައްދުގައި އެއްވެސް ފިރިހެން ކުއްޖެއް ނެތް ނަމަވެސް، އަންހެން ކުދިންތަކެއްވެސް، އެކުދިންގެ ހެދުން ބާލުވައި، އައުރަ ކަޝްފުކޮށް، އެ ހިންގި އަމަލު ތަކުގެ ސަބަބުން ކުދިން ތިބީ އިންތިހާއަށް ބިރުގަނެ ލަދުވެސް ގަނެފައި ކަމަށާ، އެއީ ކުދިންނަށް ދިން ޖިންސީ ގޯނާއެއް ކަމަށްވެސް އެ ސުކޫލު ބެލެނިވެރިޔާ ވަނީ ބުނެފައެވެ. 

އެ މައްސަލަ މިހާރު ސުކޫލުގެ ސަމާލުކަމަށް ބެލެނިވެރިން ގެނެސްފައިވާއިރު އެކަން ބަލާނެކަމަށް ސުކޫލުން ބުނެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. 

މި ކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭތޯ މެސެޖުކޮށް ގުޅައިގެންވެސް މިނިސްޓްރީން ޖަވާބު ނުދެއްވާތީ މިނިސްޓްރީގެ ބަހެއް ލިބޭގޮތެއް ނުވިއެވެ. 

ކޮމެންޓް
ވ
ނުބަލާނެ ވ ބުނާނެ ބަލާނަމޭ ފިޔަވަޅއެޅިޔަސްއަޅާނީއަނިޔާލިބޭމީހުނަށް
21 Nov 2022
ޙުނު
ދެރަކަމެއް މައްސަލަ ސީރިއަސް މަސަލައެއް ގޮތުގަ ބެލުމަށް ގޮވާލަން
21 Nov 2022
ދަންޑަހިލް
ކަރެކިއުލަމް ގައި ވާކަމެއް ނޫނީ ސްކޫލްތަކުން ނުކުރާނެ
21 Nov 2022
ކަލީމާ
އެއްޗެއް ކާލައިގެން އުޅޭ މިނިސްޓަރެއް ތޯ.
21 Nov 2022
މުޖުތާޒު
ތިކަހަލަ ކަމެއްގަ އެޑިއުކޭޝަން އިން ޖަވާބު ނުދޭނެ އަރަބިއްޔާ ސްކޫލު ބެލެނިވެރިން މިނިސްޓަރާ ބައްދަލުކުރަން ދިޔާމަ އެމީހުންނާ ދައްދަލު ނުކޮއްބޭތުކުރީ
21 Nov 2022
ކުރީގެ ފަރީދިއްޔާ ސްކޫލް ކެޑޭޓެއް
އަވަސް ކުރަންވެގެން ދެތިންކުދިން އެއްކޮށްވެސް ފާހާނާއަައް ވަދެ ފެން ވަރަން ވެސް ބުނޭ ތިމީހުން
21 Nov 2022
ގުޅޭ ލިޔުންތައް
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.