ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު: ފޮޓޯ/މަޖިލިސް
ހަބަރު
23 Nov 2022 | 15:32
10:30 ގެ ފަހުން މަޖިލީހުން ރައީސް ނަޝީދު ނުފެނުމަކީ ބޮޑު ހިތާމައެއް: އިސްމާއީލް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، 10:30 ގެ ފަހުން މަޖިލީހުގެ ޖަލްސާތަކުން ނުފެނުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

މެމްބަރު އިސްމާއީލް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މެންބަރުން ވަގުތަށް މަޖިލީހަށް ހާޒިރުނުވާތީ ރައީސް ނަޝީދު ނުރުހުން ފާޅުކުރެއްވުމާއި ގުޅިގެންނެވެ. 

އެގޮތުން ރައީސް ނަޝީދަށް ރައްދުދެއްވަމުން އިސްމާއީލް ވިދާޅުވީ، ބޮޑު މުސާރައާއި އިނާޔަތްތައް ނަންގަވައިގެން ތިއްބަވައި މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ކޮންމެ ދުވަހަކު ދިހަގަޑި ބައިގެ ފަހުން ޖަލްސާއިން ނުފެނުމަކީ ބޮޑު ހިތާމައެއް ކަމަށެވެ.

"10:30 ގެ ފަހުން މަޖިލީހުގެ ރައީސް ޖަލްސާއިން ފެނުމަކީ ހުދު ކާޅެއް ފެނުން ކަހަލަ ކަމެއް." އިސްމާއީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން މެންބަރުންގެ ހާޒިރީ ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވާ ކަމަށެވެ. އެހެން ނަމަވެސް, މަޖިލީހަށް ހާޒިރުވާން ޖެހޭ ވަގުތު ފަހަނަ އަޅައި ގޮސް، ރަންގަބީލު ޖެހުމަށްފަހުގައި ހާޒިރުވެ ތިބި މެންބަރުންގެ އަދަދު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"އެނގިވަޑައިގަންނަވާނެ މިއީ 87 މެންބަރުންގެ މަޖިލީހެއް. އަދި ކޮންމެ އިއްޒަތްތެރި މެންބަރަކަށްވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާނެ. ކޮމިޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ. މެންބަރެއްގެ މުސާރައިގެ ގޮތުގައި 80 ހާހަށްވުރެ ގިނަ ރުފިޔާ، އެބަ ގެއަށް ގެންދަވާ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ، މެންބަރުން މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވަނީ ރައްޔިތުންގެ ވާކީލުންގެ ގޮތުގައި ކަމަށެވެ. އަދި އެ ރައްޔިތުން މެންބަރުން އިންތިޚާބުކުރީ ރައްޔިތުން މަޖިލީހުގައި ތަމްސީލް ކުރުމަށް ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ކަން އެހެން އޮތް އިރު މެންބަރުން މަޖިލީހަށް "ވަޑައިނުގަންނަވާ ކަމީ ވަރަށް ބޮޑު ހިތާމައެއް" ކަމަށެވެ. 

ކޮމެންޓް
ދުވާފަރު މީހާ
ސައިޒް އޮޅުނީ ދޯ ދުވާފަރު ސޭޓް ދަރިއަށް
23 Nov 2022
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.