އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ--ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
ހަބަރު
24 Nov 2022 | 10:30
ނެށުމާއި ދެކޮޅު ހެދި އުކުޅަހު ސުކޫލު ތިން ޓީޗަރުންގެ ސަސްޕެންޝަން އިތުރުކޮށްފި!

އުކުޅަހު ސުކޫލު ޕްރީސުކޫލް ދަރިވަރުން ލައްވައި މިއުޒިކާއި އެކު ނަށުވަން ދެކޮޅު ހެދި ތިން ޓީޗަރުންގެ ސަސްޕެންޝަން އިތުރު ކޮށްފިއެވެ. 

އުކުޅަހު ސުކޫލު ޕްރީސުކޫލު ދަރިވަރުންނަށް ކިޔަވައި ދެމުންދާ އެ ތިން ޓީޗަރުން ސަސްޕެންޑް ކޮށްފައި މިވަނީ، އެ ކުލާސް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި މިއުޒިކާއި އެކު ދަރިވަރުން ނެށުވުމަށް އިންކާރު ކުރުމާއި ގުޅިގެން، އެ ސުކޫލު ޕްރިންސިޕަލް ޝަހުލާ ޢިމާދު، އެ ޓީޗަރުންނަށް އެކި ފަހަރު މަތިން އިންޒާރުވެސް ދިނުމަށްފަހުގައެވެ. 

އުކުޅަހު ސުކޫލު ޕްރީސުކޫލު ދަރިވަރުންނަށް ކިޔަވައި ދެމުންދާ އެ ތިން ޓީޗަރުން ސަސްޕެންޑް ކޮށްފައި މިވަނީ، އެ ކުލާސް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި މިއުޒިކާއި އެކު ދަރިވަރުން ނެށުވުމަށް އިންކާރު ކުރުމާއި ގުޅިގެން، އެ ސުކޫލު ޕްރިންސިޕަލް ޝަހުލާ ޢިމާދު، އެ ޓީޗަރުންނަށް އެކި ފަހަރު މަތިން އިންޒާރުވެސް ދިނުމަށްފަހުގައެވެ. 

މިފަދައިން ޕްރިންސިޕަލް އިންޒާރު ދެމުން ދިޔަ އިރުވެސް، ޓީޗަރުން ޕްރިންސިޕަލް އަަށް އަންގަމުން ދިޔައީ، އެ ކޮންސާޓުގައި މިއުޒިކު ނުލައިވެސް ކުދިންގެ ވަރަށް ގިނަ ހުނަރުތައް ދައްކާލެވޭ ހަރަކާތްތައް ހިމަނާފައި ހުރި ކަމަށާ، ބެލެނިވެރިންގެ މެޖޯރިޓީ އެމީހުންގެ ދަރިން ލައްވައި މިއުޒިކް ލައިގެން ނަށުވާން ބޭނުން ނޫން ކަމަށެވެ. އަދި މިއުޒިކް އަކީ ޕްރީ ސްކޫލް ކަރިކިއުލަމްގައިވެސް އޮޕްޝަނަލް އެއްޗަކަށް ވާއިރު، އެއާއި ނުލައި ވެސް ޕްރީ ސްކޫލް ދަރިވަރުންގެ ކަންކަން ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ޓީޗަރުންނަށް އޮތް ކަން ޓީޗަރުން ދިޔައީ ޕްރިންސިޕަލަށް ހަނދާން ކޮށްދެމުންނެވެ.

އެހެންނަމަވެސް، އެކި ފަހަރު މަތިން ޓީޗަރުންނާއި ބައްދަލުކޮށް ކޮންސާޓުގައި މިއުޒިކު ހިމެނުމަށް އެ ސުކޫލު ޕްރިންސިޕަލް ޝަހުލާ ޢިމާދު ދިޔައީ އަމުރު ކުރަމުންނެވެ. އަދި މިއުޒިކާއި ނުލައި ދަރިވަރުން ލައްވައި ނަށުވަން ތައްޔާރު ކަން ޓީޗަރުން ބުނަމުން ދިޔައިރުވެސް ޕްރިންސިޕަލް ވަނީ މިއުޒިކާއި އެކު އެ ކޮންސާޓުގެ ނެށުން ކުރިއަށް ގެންދިޔުން ނޫން އިތުރު "ޗޮއިސް" އެއް ޓީޗަރުން ނަށް ނެތް ކަމަށާއި، އެއީ ކަރިކިއުލަމް ގައިވެސް ބުނެފައިވާ ގޮތް ކަމަށާ، އެގޮތަށް ޢަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ. 

އެއަށްފަހު އެ ޓީޗަރުންނަކީ ކަރިކިއުލަމް އާއި އެއްގޮތަށް ދަރިވަރުން ލައްވައި ކަންކަން ކުރުމަށް ދެކޮޅު ހަދާ ޓީޗަރުން ކަމަށް ބުނެ، މިމަހުގެ 16 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ ތިން ޓީޗަރުން ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑު ކޮށްފައެވެ. 

އަދި އެ ސަސްޕެންޝަނުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަނީ އެ ޓީޗަރުންނާއި ގުޅައިގެން، ކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުވާފައެވެ. އަދި އެ އޮޅުން ފިލުވުމުގެ ތެރެއިންވެސް މިނިސްޓްރީގެ ފަރާތުން ޓީޗަރުންނަށް ގުޅި ބޭފުޅުން މަސައްކަތް ކުރައްވަމުން ދިޔައީ މިއުޒިކް އަކީ ކަރިކިއުލަމް ގައި އޮޕްޝަނަލް އެއްޗެއްގެ ގޮތުގައި ހިމަނާފައި އިން އެއްޗެއް ނަމަވެސް ހަގީގަތުގައި އެއީ އޮޕްޝަން އެއް ނޫން ކަން ހާމަކުރެއްވުމަށް މަސައްކަތް ކުރައްވައި، އެކަމުގެ ހަރާމް ކަމާއި މެދުވެސް ސުވާލު އުފައްްދަވަމުން ކަމަށް ވަރަށް އިތުބާރު ހުރި ފަރާތަކުން 'ވޮއިސް' އަށް މައުލޫމާތުދީފައި ވެއެވެ.

އަދި މީގެ އިތުރުން، އެ ޓީޗަރުން މިއުޒިކް ހަރާމް ކަމަށް ބޮޑެތި ޢިލްމު ވެރިން ވިދާޅުވާ ކަމަށް ބުނަމުން ދިޔައިރުވެސް، މިނިސްޓްރީގެ ޓީމުގެ ވާހަކަތަކާއި ސުވާލުތަކުން އެ ބޭފުޅުން މަސައްކަތް ކުރައްވަމުން ދިޔައީ އެކަމާއި ގުޅޭގޮތުން އެ ޓީޗަރުންގެ އަމިއްލަ ފަތުވާއެއް ހޯދުމަށް ކަން ހާމަވާކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.

މިނިސްޓްރީގެ ފަރާތުން އައި އެ ކޯލް އަށްފަހު، އަނެއްކާވެސް އެ ޓީޗަރުންގެ ސަސްޕެންޝަން މުއްދަތު އިތުރުކޮށް، މިމަހުގެ 30 ވަނަ ދުވަހަށް ދަންމާފައިވާ ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ލިޔުން ފޮނުވާފައެވެ. 

މިފަހަރު ފޮނުވި ލިޔުމުގައިވެސް އޮތީ، އެ ޓީޗަރުން ކަރިކިއުލަމް އިމްޕްލިމެންޓް ކުރަން އެއްބާރުލުން ނުދޭ ކަމަށްވާއިރު, މިއީ ހަގީގަތެއް ނޫންކަން އެޓީޗަރުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.