ކްރިމިނަލް ކޯޓު
ހަބަރު
24 Nov 2022 | 12:23
ދަރިން ކުރިމަތީ ކުރީގެ އަނބިމީހާއަށް އަނިޔާކުރި މީހަކު 9 މަހަށް ޖަލަށް

ކުރީގެ އަނބިމީހާގެ ގެޔަށް ގަދަކަމުން ވަދެ، ދަރިންގެ ކުރިމަތީގައި އޭނާއަށް ޖިސްމާނީ ގޮތުން އަނިޔާކުރި މީހަކު، ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

2018 ވަނަ އަހަރުގެ ޖޫން މަހު ހިނގި އެ ހާދިސާ އާއި ގުޅިގެން ދ. އަތޮޅަށް ނިސްބަތްވާ އެ މީހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި އަނިޔާ ކުރުމުގެ ދައުވާގެ އިތުރުން އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. މި ތިން ދައުވާ އަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ. 

އެ މީހާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނީ، އެ ފިރިހެން މީހާ ވަނީ އޭނާގެ ކުރީގެ އަނބިމީހާގެ ގޭގޭ ދޮރު ހަލާކުކޮށްލައިގެން އެގެއަށްވަދެ، އޭނާގެ ބޮލުގަޔާއި ތަންތާގައި ތަޅާ، އަނިޔާކޮށްފައި ކަމަށެވެ. އަދި އެ ހުރިހާ އަނިޔާއެއް ކޮށްފައިވަނީ ދެ މީހުންނަށް ލިބިފައިތިބި ދަރިންގެ ވެސް ކުރިމަތީގައި ކަމަށްވެސް ދައުވާގެ ތަފްސީލް ގައި ބުނެފައި ވެއެވެ. 

ދައުލަތުން ފިރިހެން މީހާގެ މައްޗަށް ކުރި ދައުވާއަށް އިންކާރުކޮށް އޭނާ ކޯޓުގައި ބުނެފައިވަނީ ކުރީގެ އަނބިމީހާއަށް ހަމަލާދީފައިވަނީ އޭނާ އިސްވެ އަނިޔާކުރަން ފެށުމުން ނަފްސުގެ ދިފާއުގައި ކަމަށެވެ. އަދި، އެއީ އޭނާ ކުލިދައްކާ ތަނެއް ކަމަށާއި އެހެންކަމުން ކޮންމެ ވަގުތެއްގައި ވެސް އެގެއަށް ވަތުމުގެ ހުއްދަ، އޭނާއަށް އޮންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް، ޝަރީއަތުން ވަނީ، ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އަނިޔާކުރީ ނަފްސުގެ ދިފާއުގައި ކަމަށް ގަބޫލުކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި، ކުލި ދެއްކިޔަސް، އެތަނެއްގައި ދިރިއުޅޭ މީހުންގެ ހުއްދައާއި ނުލާ އެއްވެސް ތާކަށް ނުވަދެވޭނެކަން ފާހަގަކޮށްފައެވެ.

އަދި އެ މައްސަލަ އާއި ގުޅިގެން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުސް އޮފިސަރުންގެ ފަރާތުންވެސް، އެ މީހާ ގެއަށް ވަދެފައި ވަނީ ތަޅު ހަލާކު ކޮށްލައިގެން ކަމަށާ، އެ ހާދިސާ ހިނގި ކުށުގެ ވެއްޓަށް ފުލުހުން ދިޔަ އިރުވެސް އޭނާ ހުރި ކަމަށް ބުނެފައި ވެއެވެ. އަދި އެ ނޫންވެސް އިތުރު ހެކި ތަކެއް އެ ފިރިހެން މީހާއާއި ދެކޮޅަށް ދައުލަތުން ވަނީ ހުށަހަޅާފައެވެ. 

އެހެންކަމުން އެ ހުރިހާ ކަމަކަށް ރިއާޔަތް ކޮށް ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ. ފިރިހެންމީހާގެ މައްޗަށް ތިން ދައުވާވެސް ސާބިތުވާކަން ޝަރީއަތުން ނިންމުމާއޮ ގުޅިގެން އޭނާ ވަނީ ކުށުގެ އަދަބު ލުއިކޮށް ޖޫރިމަނާއަށް ބަދަލުކުރުމަށް އެދިފައެވެ  އެހެންނަމަވެސް، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި، ގާޒީ އަލީ ނަދީމް ނިންމެވީ ޖޫރިމަނާގެ އަދަބަކަށް ބަދަލު ނުކުރުމަށެވެ. އަދި ކުށްކުރި ގޮތަށް ރިއާޔަތްކޮށް، އަދަބުގެ އަސާސީ މިންގަނޑަށް ވުރެ ދަރަޖަ މަތި ކުރުމަށްފަހު ތިން ދައުވާގައި އޭނާ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

ސަބަބެއްގެ ގޮތުގައި ގާޒީ ފާހަގަކުރައްވާފައިވަނީ، ދަރިންގެ ކުރިމަތީ އަނިޔާކުރުމުން ކުރާ އަސަރު ބޮޑުވާނެ ކަމާއި، ގެވެށި އަނިޔާގެ މައްސަލައެއްގައި ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމަކީ އެފަދަ މައްސަލަތަކުގައި ފަރުވާ ކުޑަކުރުން ކަމަށް ވާނެ ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.