ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު
ހަބަރު
24 Nov 2022 | 16:27
ޓެކްސް ބޮޑު ކޮށްގެން އިގްތިޞާދަށް ނޭދެވޭ އަސަރެއް ނުކުރާނެ: މިއުވާން

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުތަކެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

މިއުވާން މިފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ބޮޑެތި ބައެއް ކުންފުނިތަކުން، އެ ކުންފުނިތަކަށް ގެއްލުން ވާނެ ކަމަށް ބުނެފައިވާ ކަމަށާ، ދިވެހިރާއްޖޭގެ ޓެކްސްގެ ނިޒާމަށް ގެނެވިފައިވާ ބަދަލުތައް ގެނެވިފައިވަނީ ވިޔަފާރީގެ ސިނާއަތުގައި ޝާމިލުވާ ފަރާތްތަކާއި އެކު މަޝްވަރާތަކެއް ކުރެވިފައިވޭތޯ ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.  

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވަނީ ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި އިންޑަސްޓްރީގެ އެކި ފަރާތްތަކާއި މަޝްވަރާކޮށް، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފާޔާ އެއްގޮތަށް ކަމަށެވެ.

އަދި ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑު ކުރެވިފައިވަނީ ސަރުކާރުން ހިންގަމުންދާ ޕްރޮޖެކްޓުތަކާއި މަޝްރޫޢޫތަކުގެ އިތުރުން ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދު ނުކެނޑި  ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ.

"(ޓެކްސް ބޮޑު ކުރީ) ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާއި އަދި އަމިއްލަ ވިޔަފާރިތަކާއި އަދި އިންޑަސްޓްރީގެ އެކި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު. އަދި ހަމަ އެއާއެކު އެކު، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެވެސް ލަފަޔާއި އެކު މި ބޮޑު ކުރެވުފައި ވަނީ. މިއީ އިންޑަސްޓްރީ ގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދު މެނޭޖު ކުރުމަށް ފިޔަވަޅުތައް އެޅިގެން މިދަނީ. ޖީއެސްޓީ ގެ ސަބަބުން އަދި ޓީޖީއެސްޓީގެ ސަބަބުން އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުތަކެއް ނުވެއް ކުރާނެ." މިއުވާން ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.