ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ހަބަރު
24 Nov 2022 | 17:47
ކޯލިޝަނާއި މަޝްވަރާ ނުކުރިޔަސް ރައީސް ކަންކަން ނިންމަވަނީ ގައުމަށް އެންމެ ފައިދާވާ ގޮތަށް: މިއުވާން

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ކޮންމެ ދުވަހަކު ރައްޔިތުންގެ ކަންކަމުގައި ނިންމުންތައް ނިންމަވާ ކަމަށާ، އެއިން ކޮންމެ ދުވަހަކު ކޯލިޝަނާ މަޝްވަރާ ނުކުރި ކަމުގައިވިޔަސް އެމަނިކުފާނުގެ ނިންމެވުންތަކަކީ ޤައުމަށް އެންމެ ފައިދާވާނެގޮތަށް ނިންމަވާ ނިންމުންތަކެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަން ޕާޓްނަރުންނާއި ރައީސް ސާލިހާ އެކު ބައްދަލުވުން ނުބާއްވަނީ ކީއްވެގެންތޯ އާއި ބައްދަލުވުން ބާއްވާ މަންޒަރު ނުފެންނަނީ ކީއްވެތޯ ނޫސްވެރިއެއް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއި އެކު ރައީސް ސާލިހު އާ އެކު މަޝްވަރާތައް ކުރެވި ކަންކަމުގައި ވާހަކަ ދެކެވި ލަފާއަރުވާ ކަމަށެވެ.

މިއާއެކު މިއުވާން ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ އަކީ ކޮންމެ ދުވަހަކު ރައްޔިތުންގެ ކަންކަމުގައި ނިންމެވުންތައް ނިންވަމާ ބޭފުޅެއް ކަމަށާ، އެހެންކަމުން އެއިން ކޮންމެ ފަހަރަކު، ކޯލިޝަނާ މަޝްވަރާކޮށްގެން ނިންމާ ނިންމުންތަކެއް ނޫންނަމަވެސް، ރައީސްގެ ނިންމެވުންތަކަކީ ޤައުމަށް އެންމެ ފައިދާވާނެގޮތަށް ނިންމަވާ ނިންމުންތަކެއްކަމަށެވެ. އެހެންނަމަވެސް، ބޮޑެތި ނިންމުންތައް ނިންމަވާއިރު ކޯލިޝަނުގެ ލަފާވެސް އެމަނިކުފާނު ހޯއްދަވާކަމަށް މިއުވާން ވިދާޅުވިއެވެ. 

މީގެ އިތުރުން މިއުވާން ވިދާޅުވީ، ސަރުކާރު 4 އަހަރު ފާއިތުވެގެން ދިޔައިރު، ކޯލިޝަން ދެމެހެއްޓެވިދާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސާބިތުކޮށްދެއްވާފައިވާކަމަށެވެ.

"އެކި ސިޔާސީ ޕާޓީތައް އުޅޭތީ ޚިޔާލުތަފާތުވާ ކަންތައްތަކެއްވެސް ހުރޭ. އެކަމަކު ކޯލިޝަން މިއަދާހަމައަށް ވެސް ދެމި މިއޮތީ ވަރަށް ބަދަހިކަމާ އެކީގައި." މިއުވާން ވިދާޅުވިއެވެ. 

2018ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ، އެމްޑީޕީ އިސްވެ އޮވެ އުފެއްދެވި ކޯލިޝަން ސަރުކާރަކާއެކުއެވެ. މި ކޯލިޝަންގައި ހިމެނެނީ އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީއާއި، އެމްއާރްއެމްއާއި، ޖުމްހޫރީ ޕާޓީއެވެ. އަދި ދައުރުގެ މިހާތަނަށް އައިއިރު، ސަރުކާރުން ކުރާ މުހިންމު ކަންކަމުގައި ކޯލިޝަނާއި މަޝްވަރާ ނުކުރާ ކަމުގެ ޝަކުވާ ކޯލިޝަންގެ ލީޑަރުން ދޭތެރެއިން އަންނަނީ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.