އިންޑިއާ ގައި ކުރިއަށްދިޔަ ބޮޑު ކައިވެނި ހަފްލާގެ ތެރެއިން
ހަބަރު
25 Nov 2022 | 10:01
އިންޑިއާގައި އެއްފަހަރާ އެއްތަނެއްގައި 3000 އަށްވުރެ ގިނަ ކައިވެނި ކޮށްފި!

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއް ކަމަށްވާ ޣާޒިއަބާދުގައި އެއްފަހަރާ އެއް ތަނެއްގައި 3003 ކައިވެނިކޮށްފިއެވެ. 

އިންޑިއާ ސަރުކާރުގެ އެހީގައި ބޭއްވި މި ބޮޑު ކައިވެނި ހަފްލާގައި 1,848 ހިންދޫ އަންހެނުންނާއި، 1,147 މުސްލިމު އަންހެނުން ކައިވެނިކޮށްފައިވާ ކަމަށް އުއްތަރު ޕްރަދޭޝްގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ކައިވެނި ކުރި މީހުންގެ ތެރޭގައި ޣާޒިއަބާދާއި، ހާޕޫރާއި، ބުލަންދުޝަހަރުގެ މީހުން ހިމެނެއެވެ. 

މާސް ވެޑިން ނުވަތަ ބޮޑު ކައިވެނި ހަފްލާ ތަކަކީ، އިންޑިއާގެ އާއިލާ ތަކުގެ ތެރެއިން ދަރިންގެ ކައިވެނި ކޮށްދިނުމާއި ކައިވެނި ހަފްލާ ތައް ކުލަގަދަކޮށް ބޭއްވުމުގެ ތަނަވަސްކަން ނެތް މީހުންނަށް އެހީވުމުގެ ގޮތުން، އެ ގައުމުގެ ސަރުކާރުން އިންތިޒާމް ކޮށްގެން ބާއްވާ ހަފްލާއެކެވެ. މިގޮތުން ބާއްވާ ކައިވެނި ހަފްލާ ތަކުގައި ކެއުމާއި، ކައިވެނި ކޮށްދޭ މީހުންނާއި، ވެޑިން ކިޓް އާއި ކައިވެނި ކުރާ ތަން ޒީނަތް ކުރުންފަދަ ހުރިހާ ކަމެއްވެސް ކުރަނީ ސަރުކާރުންނެވެ. އަދި އޭގެ އިތުރުން ކޮންމެ ކަޕްލް އަކަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުން 75,000 ރުޕީސްވެސް އެ ސަރުކާރުން ވަނީ ދީފައެވެ. 

މިފަދަ ހަފްލާތައް މީގެ ކުރިންވެސް އިންޑިއާގައި ބާއްވާފައިވާއިރު، މިފަހަރުގެ ހަފްލާ ބާއްވާފައި ވަނީ ޣާޒިއަބާދުގެ ކަމަލާ ނެހުރޫ ނަގަރު ގުރައުންޑު ގައެވެ. އަދި މިފަހަރު ބޭއްވުނު ބޮޑު ކައިވެނި ހަފްލާގައި އުއްތަރު ޕްރަދޭޝްގެ ލޭބަރ މިނިސްޓަރ އަނިލް ރާޖްބާރާއި، ޣާޒިއަބާދުގެ އެމްޕީ ޖެނެރަލް ވީކޭ ސިންގާއި، ޣާޒިއަބާދުގެ އެމްއޭއެލްއޭގެ މޭޔަރާއި އެ ސަރަހައްދުގެ އެހެނިހެން އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. 

އިންޑިއާގެ ސަރުކާރުން މިފަދަ ކައިވެނި ހަފްލާތައް ބޭއްވުމަކީ ކެރިފޯރުންތެރިކަން ނުުހުންނަ މީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް، މި ހަފްލާތެރެއިން ކައިވެނި ކުރެވުނު ގިނަ މީހުން ބުނެއެވެ. 

"މި ކައިވެނި ހަފްލާގެ އެންމެ ރަނގަޅު ތަންކޮޅަކީ، ކައިވެނި ކުރާ އަންހެން ކުއްޖާގެ އާއިލާއިން ކައިވެންޏާއި ގުޅޭ އެއްވެސް އިންތިޒާމެއް ހަމަޖައްސައި، ފިރިމީހާގެ އާއިލާއަށް ދޭން ޖެހޭ ޑަވްރީ ދީ ހަދަން ނުޖެހޭކަން. އަހަރެންގެ އާއިލާގެ ނެތް މާލީ ތަނަވަސްކަމެއް. އެހެންކަމުން މިއީ އަހަރެންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އެހީއެއް. އަހަރެންގެ އާއިލާ މީހުން އަހަރެން އިންނާނެ މީހެއް ހޯދީ. ދެން އަހަރުމެން ދެމީހުން ނިންމީ އިންނަން. ދެފަރާތުން ކުރެ އެއްވެސް ފަރާތެއްގެ އާއިލާއަށް ފައިސާ އާއި ގުޅިގެން އެއްވެސް ކަހަލަ ބުރައެއް އުފުލާކަށް ނުޖެހުނު" މި ކައިވެނި ހަފްލާގައި ބުލަންދުޝަހަރުގެ ފިރިހެނަކާއި އިން 21 އަހަރުގެ ކުސުމް އިންޑިއާ ގެ މީޑިއާ އަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.