ވިޔަފާރި
29 Nov 2022 | 09:52
ވޯލްޑްކަޕާއި ދިމާކޮށް އައިލެންޑް ޕާފިއުމް ބާރއިން ޚާއްސަ ޕްރޮމޯޝަން ތަކެއް

ވޯލްޑްކަޕަށް ހާއްސަކޮށްގެން "އައިލެންޑް ފުޓުބޯޅަ ފޯރި"ގެ ނަމުގައި އައިލެންޑް ޕާފިއުމް ބާރއިން ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފި އެވެ.

އައިލެންޑް ޕާފިއުމް ބާރއިން ބުނީ އައިލެންޑް ފުޓުބޯޅަ ފޯރީގެ މަގުސަދަކީ ވޯލްޑްކަޕް ދުވަސްވަރު ފުޓުބޯޅައަށް ދިވެހިން ކުރާ ލޯބީގައި ދިވެހިންނާއެކު އައިލެންޑް ޕާފިއުމް ބާރ ބައިވެރިވުން ކަމަށެވެ.

އެގޮތުން ފުރަތަމަ ޕްރޮމޯޝަނަކީ ވޯލްޑްކަޕް ދުވަސްވަރު ކޮންމެ ފަސް ދުވަހަކުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންމެވެސް ކުޅުންތެރިޔެއްގެ ކުރެހުމެއް ފެންނާނެ ކަމަށާ، "ގެސް ދަ ޕްލެޔާ" ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި އެ ކުޅުންތެރިޔާގެ ނަން ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮންމެ ފަސް ދުވަހަކުން ދިހަ ނަސީބު ވެރިއަކު ހޮވައި އެމީހަކު ބޭނުން ސެންޓު ފުޅިއެއް އައިލެންޑް ޕާފިއުމްބާރ އިން ލިބޭނެކަމަށްވެސް އެ ފިހާރައިން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އައިލެން ޕާފިއުމް ބާރ ގެ ފެސްބުކް އަދި އިންސްޓަގްރާމް މެދުވެރި ކޮށެވެ.

ދެވަނަ ޕްރޮމޯޝަނަކީ ރައުންޑް އޮފް 16 އިންފެށިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންމެ މެޗަކާއި ދިމާކޮށް "ގެސް ދަ ސްކޯ" ގެ ނަމުގައި ކުރިއަށްދާ ޕްރޮމޯޝަނަކަށްވާއިރު މި ޕްރޮމޯޝަންގެ ދަށުން މެޗްގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ. އެގޮތުން ކޮންމެ މެޗެއް ނިމުމުން ސްކޯ ދިމާ ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި 2 ނަސީބު ވެރިއަކަށް އެމީހަކު ބޭނުން ސެންޓު ފުޅިއެއް އައިލެންޑް ޕާފިއުމްބާރ އިން ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އައިލެން ޕާފިއުމް ބާރ ގެ ފެސްބުކް އަދި އިންސްޓަގްރާމް މެދުވެރި ކޮށެވެ.

އައިލެންޑް ޕާފިއުމް ބާރއަކީ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓުތައް ވިއްކުމުގެ އިތުރުން އެކި ޕާފިއުމްތައް މިކްސް ކޮށްގެން އެ މީހަކަށް ކަމުދާ ވަހެއް ދުވާ ސެންޓެއް ތައްޔާރުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ސެންޓް ފިހާރައެކެވެ. މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޕާފިއުމް ބާރއެވެ.

އައިލެންޑް ޕާފިއުމް ބާރ އިން ވިއްކާ ތަކެއްޗާއި އެ ތަކެތީގެ އަގު އެ ފިހާރައިގެ ވެބްސައިޓް އިން ބަލައިލެވޭނެ އެވެ. އަދި7558822 އަށް ގުޅައިގެން ނުވަތަ ވައިބަ ކޮށްގެންވެސް އޯޑަރު ކުރެވޭނެ އެވެ.

މީގެ އިތުރުން ލޮނުޒިޔާރަތް މަގު ކުރީގެ ޓާމިނަލް ކެފޭ ކައިރީ ހުންނަ އައިލެންޑް ޕާފިއުމް ބާރ އަށް ޒިޔާރަތް ކޮށްގެން ވެސް އެ ފިހާރައިން ވިއްކާ ތަކެތި ޓެސްޓު ކޮށްލެވޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.